ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ވޮއިސް
ހަބަރު
27 Jun 2024 | 16:42
މެނިންގޯކޮކަލް ބަލީގެ ކޭސް: ކޮންޓެކްޓްވި 46 މީހަކު މިހާތަނަށް ފާހަގަކޮށްފި

މެނިންގޯކޮކަލް ބަލީގެ ކޭސް އެއް ރާއްޖެއިން ފެނުމާއިއެކު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށުނު ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 46 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހިމް އަޝްރަފް ވިދާޅުވީ މިހާތަނަށް ފާހަގަކުރެވުނު 46 ކޮންޓެކްޓަކަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ޖެހޭ ފަރާތްތަކަށް ދީފައިވާ ކަމަށެވެ.

ހަމައެއާއިއެކު، އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ރާއްޖެއިން މި ކޭސް އަޅުގަނޑުމެންނަށް ނޮޓިފައިވި ހިސާބުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެޗްޕީއޭގެ ފަރާތުން ފަށާފަ ވަނީ. އެގޮތުން، ގާތްގަނޑަކަށް 46 ކޮންޓެކްޓެއް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި އަދި އޭގެ ތެރެއިން ޕްރޮފިލެކްސިސް އަޅުގަނޑުމެން ދޭން ޖެހޭ ފަރާތްތަކަށް މިހާރު ޕްރޮފިލެކްސިސް ވެސް ދެވިފަ. އަދިވެސް އިތުރަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރެވެމުންދަނީ"

އަޝްރަފް ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ނުފެންނަ ބައްޔެއް ނަމަވެސް، އިންވޭސިވް މެނިންގޯކޮކަލް ފެނިފައިވަނީ، މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ މުޙައްމަދު ޢާރިފު (ބަކާ) ގެ ގައިންނެވެ. ބަކާ ވަނީ، ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އައިފަހުން، ކުއްލިއަކަށް، ޙާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ނިޔާވެފައެވެ.

އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބަކާ އާއި ކޮންޓެކްޓްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިއެވެ.

މިކަމާއި ގުޅިގެން ސިއްހީ ވުޒާރާއިން ބުނީ، މެނިންގޮކޯކޮލް ބަލި ރާއްޖޭގައި މިހާތަނަށް ނުފެތުރޭ ކަމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާއްމުން މި ބަލީގެ ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ކުރިމަތިވެފައިނުވާ ކަމަށެވެ.

އެހެންނަމަވެސް، އެ ވުޒާރާއިން ވަނީ ހައްޖާއި އުމްރާ ދާ މީހުންނާއި މެނިންގޮކޯކޮލް ބަލި ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އިތުރުން ވަކި ހާއްސަ ހާލަތެއް ކުރިމަތިވެފައިވާ މީހުން މި ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.

ގައިން ގަޔަށް އަރާ، އިންވޭސިވް މެނިންގޯކޮކަލް އަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ސީރިއަސް އިންފެކްޝަނެކެވެ. މި ބަލީގެ ސަބަބުން، ގުނަވަންތައް ފެއިލްވުމަށް މަގު ފަހި ވާއިރު، މައިބަދައާއި ސިކުނޑިއަށް ވެސް ގެއްލުންވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.