ހަމްދާން ޝަކީލް
ހަބަރު
28 Jun 2024 | 14:26
40 އަހަރު ނުނަގާ ވަރަށް ދަރަނި ނަގައި، ގައުމު އަނދަވަޅަކަށް ވައްޓާލީ ޞާލިހު: ހަމްދާން

މިދިޔަ 40 އަހަރު ތެރޭ ދައުލަތުން ނުނަގާ ވަރަށް ރޭވުންތެރިކަމެއް ނެތި ދަރަނި ނަގައި ގަމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވަނީ ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ އިގްތިޞާދީ ހާލަތާއި ގުޅޭ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، ރައީސް ޞާލިހު، ގަމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމީ ބަދަލު ނުވާނެ ހަގީގަތެއް ކަމަށެވެ. 

މިއަދުގެ ރައީސް، ރައީސް ޑރ.މުޢިއްޒު ދަނީ ރޭވުން ތެރިކަމާއި އެކު ދައުލަތުގެ ހަރަދުތަށް ކުޑަކޮށް ދަރަނި ހަމަޖައްސާ އިގްތިސާދުގެ ދުވުން އަލުން ބާރު ކުރަން ގިނަ ހެޔޮ މަސައްކަތްތަކެއް ކުރައްވަމުން.

ހަމްދާން ޝަކީލް


ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މިދިޔަ ބުދަ ވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު "ބީ މައިނަސް"އިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފަ އެވެ. އެ ރޭޓިންއަކީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

އެކަމާއި ގުޅިގެން، ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓަރު އެރްދެމް އަތާސް ވަނީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ނާޒުކު ހާލަތަކީ މިދިޔަ 10 އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ދަރަނި އުފެއްދުމުގެ އިތުރުން އެ 10 އަހަރު ތެރޭގައި މެދުނުކެނޑި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާން ދޫކޮށްލުމުން ދިމާވި ހާލަތެއް ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް މަދު ކުރެއްވުން ފަދަ ކަންކަން ހިމެނެއެވެ. އަދި އެނޫންވެސް އިތުރު ފިޔަވަޅުތައް އަޅުއްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އަލިފު ޙާ!
އިބްރާހީމު މުހައްދު ސޯލިހާއި އޭނާގެ ސަރުކާރުގެ ބައިވެރިންގެ މިލްކިއްޔާތު ދުލަތަށް ނަގަންޖެހޭ ނުނަގައި ރާއްޖެ ސަލާމަތެއް ނުވާނެ!
28 Jun 2024
އަހްމަދް ރަސީދު
މިވަރު ކަމެއްކަން އެގި ވަދެގަތީ މޮޔަގޮވަންތޯ ؟
28 Jun 2024
އަމާނާ
40އަހަރު މީހުން ތިބިގޮތަށްބާ މިތިބީ، މީހުންގެ ބޭނުންތައްވެސް އޮތީ އެގޮތަށްތޯ؟ އަނވަޅެއްގައި އޮތްކަން އެނގި ހަވާލުވި ސަރުކާރުން ބެކާރު އެތައް ޚަރަދެއްކޮށް އެތައް ހަވައެއް އެރުވީ ރައްޔިތުންނަށް ފައިދާކުރަންތޯ ނޫނީ ކީއްކުރަންތޯ
29 Jun 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.