ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން-- ފޮޓޯ: ވޮއިސް
ހަބަރު
29 Jun 2024 | 10:29
ޖަލުގައި ހިނގާ މަރުތަކަކީ އިންސާފުވެރިކަމާއިއެކު ތަހުގީގުކުރާ މައްސަލަތަކެއް: ވަޒީރު އިހުސާން

ރާއްޖޭގެ ޖަލުތަކުގައި ހިނގާ މަރުތަކަކީ އިންސާފުވެރިކަމާއިއެކު ތަހުގީގުކުރާ މައްސަލައެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއެއް ކަމަށްވާ މުޙައްމަދު ޖަމީލް މަރުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހުސާން ވިދާޅުވީ، ޖަލުތަކުގައި ހިނގާ ކޮންމެ މަރަކީ ވެސް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އިން މިނިވަން ކަމާއި އެކު ތަހުގީގު ކުރާ މައްސަލައެއް ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ގައިދީއެއްގެ މަރެއްގައި ޝައްކުވާ ކަމެއް އެކުލެވޭނަމަ، އެ ގައިދީއެއްގެ މަރުގެ މިނިވަން ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ކުރިއަަށްގެންދާނެ ކަމަށެވެ.

" ޖަލުތަކުގައި ހިނގާ މަރުތަކުގެ ކޮންމެ ކޭސް އަކީ ވެސް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އިން މިނިވަންކަމާއި އެކު ތަހުގީގު ކުރާ މައްސަލައެއް. އަދި ގައިދީއެއްގެ މަރުގައި ޝައްކުވާ ކަމެއް އެކުލެވޭނަމަ އެޗްއާރުސީއެމް އިން ވެސް މިނިވަން ތަހުގީގެއް ކުރިއަށްގެންދާނެ."

ވަޒީރު އިހުސާން ވިދާޅުވިއެވެ.

އެގޮތުން، ޖަމީލްގެ މަރުގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ޖަމީލް މަރުވީ "ކާޑިއޯޕަލްމޮނަރީ އެރެސްޓް" އެއްގައި ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައިވާއިރު، ވަޒީރު އިހުސާން ވިދާޅުވީ، ޖަމީލްގެ ޖަލު ގޮޅީގައި ހުންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ ހުރީ ނަމާދުކުރަން ކަމަށާއި، މަރުވެފައި އޮއްވާ ފެނުނީ ސަޖިދައިގައި އޮއްވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ތަހުގީގު ކުރިއަށްދާއިރު، ކަމާ ބެހޭ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ކަރެކްޝަނަލް ސާވިސް އިން ދެމުންގެންދާނެ ކަމަށާއި، މި މަރު ތަހުގީގު ކުރާ ފަރާތްތަކަށް ކަރެކްޝަނަލް ސާވިސްއިން ސީސީޓީވީ ފޫޓޭޖް ވެސް ހިއްސާ ކުރާނެ ކަމަށެވެ.

އާއިލާއިން ހުއްދަދީފި ނަމަ ޖަމީލްގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް، އާއިލާގެ ހުއްދަ އެކަމަށް ނުލިބުމުން، ޖަމީލްގެ ހަށިގަނޑު ވަނީ މިއަދު ފަތިހު ވަޅުލާފައެވެ. 

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް، ހާލަތަށް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށާ، 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.