އީރާނުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލަނީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
29 Jun 2024 | 12:18
އީރާނުގެ ރިޔާސީ އިންތިހާބު: ވޯޓް ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ފަށައިފި

ހުކުރު ދުވަހު ފެށި އީރާނުގެ ރިޔާސީ އިންތިހާބު ވޯޓުލުން 18 ގަޑިއިރަށްފަހު ރަސްމީކޮށް ބަންދުކޮށް ވޯޓް ގުނަންފަށައިފިއެވެ.

އީރާނުގެ އިންތިހާބުގެ މައި މަރުކަޒުގެ ތަރުޖަމާނު މުހައްމަދު އިސްލާމީ ވިދާޅުވީ ވޯޓް ފޮށިތައް ބަންދުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނު 8 ޖެހިއިރު ފެށި މި އިންތިހާބުގެ ވޯޓްލުން އެދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ނިންމާލާގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އިންތިހާބު ސުޕަވައިޒް ކުރާ އިންޓީރިއާ މިނިސްޓްރީން ވަނީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓްލާ ވަގުތު ތިން ފަހަރަށް އިތުރުކޮށްފައެވެ.

ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި މިިދިޔަ މަހު ހިނގި ހާދިސާއެއްގައި އީރާނުގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ރައިސީ  އަވަހާރަވުމާއި ގުޅިގެން އައު ރައީސަކު ހޮވުމަށް ބާއްވާ މި އިންތިހާބުގައި ވާދަކުރަނީ އެގައުމުގެ ކުރީގެ ނިއުކްލިއާ ނެގޯޝިއޭޓަރު ސައީދު ޖަލީލީ އާއި އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރު ޤާލިބާފް ގެ އިތުރުން މަސްއޫދު ޕެޒެޝްކިއަން އެވެ.

އީރާނުގައި 64 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ލަފާކުރެވޭ ގޮތުގައި އޭގެ ތެރެއިން ގިނަ މީހުންނަކީ ޒުވާނުންނެވެ. މި އިންތިހާބުގައި ވޯޓްލުމަށް އީރާނުގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 58،640 ވޯޓު ފޮށި ބަހައްޓާފައިވާއިރު އޭގެ ތެރެއިން 6،000 އަށް ވުރެ ގިނަ ވޯޓު ފޮށި ހުރީ ީރާނުގެ ވެރިރަށް، ތެހެރާންގަ އެވެ. އޭގެ އިތުރުންވެސް، އެގައުމުން ބޭރުގައި ވެސް 344 ވޯޓުލާ މަރުކަޒެއް ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްވުރެ މިއަހަރު ތެހެރާނާއި އެގައުމުގެ އެހެން ސިޓީތަކުގެ ވޯޓުލާ މަރުކަޒުތަކުގެ ކުރިމަތީގައި ވޯޓުލާ މީހުން ދިގު ކިޔޫތަކެއް ހަދާފައިވާތީ ވޯޓްލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އީރާނުގެ ރިޔާސީ އިންތިހާބާއި ބެހޭ އޮފިޝަލުން ބުނި ގޮތުގައި ވޯޓް ފޮށިތައް ބަންދުކުރުމާއި އެކު، ވަގުތުން ވޯޓްތައް ގުނަން ފަށާފައިވާއިރު، އިންތިހާބުގެ ނަތީޖާ އިއުލާނު ކުރާނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.