ހުސައިން ޝިފާއު--
ހަބަރު
29 Jun 2024 | 13:34
ވަގު ޓީޓީ ހެދި ޝިފާއު ނަލަހިޔާއަށް ދެ ލައްކަ ރުފިޔާ ދައްކަން ހުކުމް ކޮށްފި

ވަގު ޓީޓީ ހަދައި ބައިނަލް އަގުވާމީ ކުންފުނިތަކުން ވިޔަފާރިކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ދައުވާކުރި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، ނަލަހިޔާ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދެ ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މައްސަލައިގެ ލިޔެކިޔުންތައް ރައްދު ނުކުރެވުމުގެ ސަބަބުންނާއި އިއުލާންކޮށްގެން ވެސް ޝިފާއު ކޯޓަށް ހާޒިރުވެފައި ނުވާތީ މި މައްސަލަ ނިންމާފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

މިމައްސަލައިގައި ނަލަހިޔާ އިން ބުނީ، 2021 ވަނަ އަހަރުގެ ނޮވެންމަރު މަހުގެ 1 ވަނަ ދުވަހު ނަލަހިޔާ އާއި އެކު ޝިފާއު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށާއި، 2022 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އެއަހަރުގެ މާޗު މަހުގެ ނިޔަލަށް ކުލީގެ ގޮތުގައި ޝިފާއު އެކުންފުންޏަށް 2 ލައްކަ ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

ހަމައެއާއިއެކު، ޝިފާއު ކުއްޔަށް ބޭނުންކުރި ތަން ހުސްކޮށް، ނަލަހިޔާ އާއި ހަވާލު ކުރުމާއި ހަމައަށް ކުއްޔަށް އަރާފައިވާ ފައިސާ އާއި ނުދައްކާ ހުރުމުގެ ސަބަބުން ފެންބިލަށާއި ކަރަންޓުގެ ގޮތުގައި އަރާފައިވާ ރުފިޔާ އަކީ ޝިފާއުގެ ފަރާތުން ދައްކަން ޖެހޭ އެއްޗެއް ކަމަށް ވެސް ނަލަހިޔާ އިން ކުރި ދައުވާގައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 12:00 ގެ ކުރިން 206،237 ރުފިޔާ އެކުންފުންޏަށް ޝިފާއު ދައްކަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޝިފާއު އަކީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހެދުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން 23 ދައުވާއެއް އުފުލާފައިވާ މީހެކެވެ.

އޭގެ ފަހުން ދައުވާ އުފުލާފައި ވަނިކޮށް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ޝިފާއު އައްޔަނު ކުރި ނަމަވެސް، ހަމަ އެދުވަހު އޭނާ އެ މަގާމުން ވަކިކޮށް، ސަރުކާރުން ބުނީ އޭނާއަށް ސިޔާސީ މަގާމެއް ދެވުނީ އޭނާގެ ކްރިމިނަލް ރެކޯޑް ނުބަލައި ކަމަށެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް
އެދުރުބެ
"ސަރުކާރުން ބުނީ އޭނާއަށް ސިޔާސީ މަގާމެއް ދެވުނީ އޭނާގެ ކްރިމިނަލް ރެކޯޑް ނުބަލައި ކަމަށެވެ." އަހަރެމެންނަށް ވެސް އެހެން އޮޅިގެން ވަޒީފާ ލިބޭނަމަ....
30 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.