ވަޒީރު އިހުސާން-- ފޮޓޯ: ވޮއިސް
ހަބަރު
29 Jun 2024 | 14:46
މީގެ ފަހުން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު: އިހުސާން

މީގެ ފަހުން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހުގައި ކަމަށް  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ، މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއެއް ކަމަށްވާ މުޙައްމަދު ޖަމީލް މަރުވުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

"މިއަދުން ފެށިގެން ޖަލުގައި އެއްވެސް ހާލަތުގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައި."

އިހުސާން ވިދާޅުވިއެވެ.

ހަމައެއާއިއެކު، ވަޒީރު ވިދާޅުވީ މީގެ ކުރިން ގައިދީއަކު އަޅުކަމުގައި ހުރެއްޖެނަމަ އެ މީހަކަށް އަޅުކަމުގައި ހުރުމުގެ ފުރުސަތު ދިން ނަމަވެސް، މީގެ ފަހުން ގަޑިއިރަކު އެއްފަހަރު އެމީހެއްގެ ފުރާނަ ހުރިތޯ ބަލާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ، ސަޖިދައިގައި ނިޔާވެފައި އޮއްވާ ފެނުނު ޖަމީލުގެ ހަށިގަނޑު މާލޭގެ ހޮސްޕިޓަލަށް ގެނެސް ބަލާނިމުނުއިރު އެޗްއާރުސީއެމުގެ ބޭފުޅުންނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ބޭފުޅުންވެސް ތިއްބެވި ކަމަށެވެ. އޭގެ ތެރެއިން އެއްވެސް ފަރާތަކުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއަކަށް ނުވަތަ ހަށިގަނޑު ބާއްވަން އެއްވެސް ވަރަކަށް އަންގާފައި ނުވާ ކަމަށާއި، ޖަމީލްގެ ހަށިގަނޑު އާއިލާ އާ ހަވާލުކުރިޔަސް މައްސަލައެއް ނެތް ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވެސް ވިދާޅުވި ކަމަށެވެ.

އޭގެ އިތުރުންވެސް، އާއިލާ އާ ޖަމީލުގެ ހަށިގަނޑު ހަވާލުކުރީ ލިބިފައި ހުރި އަނިޔާތަކަކީ މީހަކު އޭނާއަށް ދީފައިވާ އަނިޔާތަކެއް ކަމަށް ޑޮކްޓަރުންނަށް އަދި ފުލުހުންގެ ތަހުޤީގަށް ފާހަގަކުރެވިފައި ނުވާތީ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޖަމީލުގެ ހަށިގަނޑަށް އަނިޔާދީފައިވާކަމަށް ބުނެ ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދުދެއްވަމުން ވަޒީރު ވިދާޅުވީ، އޮޓޮޕްސީ ހަދަން ނިންމީ،ނިޔާވެފައި އޮންނަ މީހެއްގެ ހަށިގަނޑު އޮންނަ އޮތުމުން ހަށިގަނޑުގެ ކުލައަށާއި އައިސްފައި ހުންނަ ބަދަލުތައް އެއީ ބަޔަކު އަނިޔާކޮށްގެން ދީފައިވާ ގެއްލުންތަކެއްކަން ދޭހަވާ ގޮތަށް ވާހަކަތައް ދެކެވެން ފެށި ހިސާބުން ކަމަށެވެ. 

އެހެންނަމަވެސް، އޮޓޮޕްސީ ހެދުމަށް ޖަމީލުގެ އާއިލާއަށް އާދޭސް ދެންނެވުމުންވެސް، އާއިލާއިން އެކަން ކުރަން ބޭނުން ނުވާ ކަމަށާއި ޖަމީލުގެ މަރުވީ ގަސްތުގައި މީހުން ގެއްލުންދީގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާކަން ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން އޭނާ ފުރަތަމަ ގެންދެވުނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށެވެ.

ނަމަވެސް، ހާލަތަށް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށާފައިވާއިރު، 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައެެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ހުއްދަ ނުލިބުމުން، ޖަމީލްގެ ހަށިގަނޑު ވަނީ މިއަދު ފަތިހު ވަޅުލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.