އީރާނުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ބޭފުޅުން-- ފޮޓޯ: ސީއެންއެން
ދުނިޔެ
30 Jun 2024 | 13:11
އީރާންގެ ރިޔާސީ އިންތިހާބު: އެއްވެސް ކެނޑިޑޭޓަކަށް މެޖޯރިޓީއެއް ނުލިބުނު، ދެވަނަ ބުރު ޖުލައި 5 ގައި

އީރާން ގައި ކުރިއަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް މެޖޯރިޓީއެއް ލިބިފައިނުވާތީ، އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ނިންމައިފިއެވެ.

ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި މިިދިޔަ މަހު ހިނގި ހާދިސާއެއްގައި އީރާނުގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ރައިސީ އަވަހާރަވުމާއި ގުޅިގެން އައު ރައީސަކު ހޮވުމަށް ބާއްވާ މި އިންތިހާބުގައި ވާދަކުރެއްވީ އެގައުމުގެ ކުރީގެ ނިއުކްލިއާ ނެގޯޝިއޭޓަރު ސައީދު ޖަލީލީ އާއި އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރު ޤާލިބާފް ގެ އިތުރުން މަސްއޫދު ޕެޒެޝްކިއަން އާއި ކޮންޒަވޭޓިވް އިސްލާމިކް ލީޑަރު މުސްތަފާ ޕައުރްމުހައްމަދީއެވެ. 

މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ މި އިންތިހާބު ކާމިޔާބު ކުރުމަށް ކެނޑިޑޭޓުން 50% އަށް ވުރެ ގިނަ ވޯޓް ހޯދަން ޖެހުނު ނަމަވެސް، އެންމެ ގިނައިން ވޯޓް ލިބިވަޑައިގެން ދެބޭފުޅުން ކަމަށްވާ މަސްއޫދު ޕެޒެޝްކިއަން އަށް 10.41 މިލިއަން (42.5%) ވޯޓް ލިބުނު އިރު، ސައީދު ޖަލީލީ އަށް ލިބިވަޑައިގަތީ 9.47 (38.6%) ވޯޓެވެ. 

މި އިންތިހާބުގައި މުހައްމަދު ބަޣްރު ޤާލިބާފް އަށް 3.38 މިލިއަން ވޯޓް ލިބިވަޑައިގެންއިރު، މުސްތަފާ ޕައުރްމުހައްމަދީ އަށް ލިބިވަޑައިގަތީ 206,397 ވޯޓެވެ.

އެއާއިއެކު، މި އިންތިހާބު ސުޕަވައިޒް ކުރާ އިންޓީރިއާ މިނިސްޓްރީން ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ނިންމާފައެވެ. މި ބުރުގައި ވާދަކުރާނީ އެންމެ މަތިން ވޯޓް ލިބުނު މަސްއޫދު ޕެޒެޝްކިއަން އާއި ސައީދު ޖަލީލީއެވެ.

އެ މިނިސްޓްރީން ބުނީ، އިންތިހާބުގައި ވޯޓްލުމަށް ޝަރުތު ހަމަވާ 61 މިލިއަން މީހުން ތިބި ނަމަވެސް އޭގެ ތެރެއިން ވޯޓްލައިފައިވަނީ އެންމެ 40% މީހުން ކަމަށާއި، މިއީ 1979 ގެ ފަހުން އެގައުމުގެ އިންތިހާބެއްގައި އެންމެ މަދުން މީހުން ވޯޓްލީ ފަހަރު ކަމަށެވެ.

މި އިންތިހާބުގައި ވޯޓްލުމަށް އީރާނުގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 58،640 ވޯޓު ފޮށި ބަހައްޓާފައިވާއިރު އޭގެ ތެރެއިން 6،000 އަށް ވުރެ ގިނަ ވޯޓު ފޮށި ހުރީ ީރާނުގެ ވެރިރަށް، ތެހެރާންގަ އެވެ. އޭގެ އިތުރުންވެސް، އެގައުމުން ބޭރުގައި ވެސް 344 ވޯޓުލާ މަރުކަޒެއް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.