ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Jun 2024 | 16:20
ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، ކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން ޖެހޭ: މެޑަމް ސާޖިދާ

ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، ކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ބެލެނިވެރިކަމުގެ މަހާއި ގުޅިގެން މެޑަމް ސާޖިދާ ގެ މި މެސެޖްގައި އެކަމަނާ ވަނީ ދަރިންނަށް ރައްކާތެރިކަމާއި އެއީ އަގުހުރި ބައެއްކަން އިހުސާސް ކޮށްދިނުމަށްޓަކައި ބެލެނިވެރިންނާއި ކުދިންނާއި ދެމެދު އިތުބާރާއި ގުޅުންތެރިކަން ބިނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން މެޑަމް ސާޖިދާ ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މައިންބަފައިން ނުވަތަ ބެލެނިވެރިން އެ ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، އެ ކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ.

މިގޮތުން އެކި އުމުރުފުރާގެ ކުދިންނާއި ގުޅުން ބަދަހިކުރާ ގޮތް ތަފާތުވާނެކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކުޑަކުއްޖަކާއި އެކީގައި ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖާ އާއި އެކީގައި، އެ ކުއްޖާގެ ލެވެލްގެ އެކްޓިވިޓީތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާ އާއި އެކީގައި ގުޅުން ބަދަހި ކުރާނަމަ، އެ ކުއްޖާ އަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

"ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް. އެއީ ވަރަށް ބޮޑު ޒިންމާއެއް. އެގޮތުން މައިންބަފައިން ނުވަތަ ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި، އެ ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާނަމަ، އެ ކުދިންނާއި އެކީގައި އޮންނަ ގުޅުން ބަދަހި ކުރަން އެބަޖެހޭ."

މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، މިފަދައިން އަމަލު ކުރުމުން ނޫނީ މައިންބަފައިންނާއި ކުދިންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ވެގެން ނުދާނެ ކަމަށާއި، މި ގުޅުން ބިނާވަނީ ކުދިން މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާއި މެދު އޮންނަ އިތުބާރު އުފެދުނުވަރަކަށް ކަމަށެވެ.

އެކުދިން އެންމެ އިތުބާރު ކުރަނީ އެކުދިންގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިން ކަމުގައި ވަނީނަމަ އެ ކުދިންނަށް މާހައުލުން ފެންނަ ކޮންމެ ކަމަކަށް އިތުބާރުކޮށް، މާހައުލުގެ ތެރެއިން ފެންނަ ނޭދެވޭ ކަންތައްތަކުން އެ ކުދިން ސަލާމަތްކުރުމަށްޓަކައި ވަރަށް ބޮޑަށް އެހީތެރިކަން ލިބޭކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.