ތައުލީމާއި ބެހޭ ވަޒީރު އިސްމާއީލް ޝަފީއު ---
ހަބަރު
30 Jun 2024 | 17:15
ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އަލުން އޭލެވެލް ކިޔަވައިދޭން ފަށަނީ

މާލޭގައި ހުރި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ކުރީގެ އިމާރާތުގައި އަލުން އޭލެވެލް ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށާއި، މި އަހަރުވެސް މާލޭގައި ގްރޭޑް 10 ގައި 1700 ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، މާލޭގައި އޭލެވެލް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ޝަފީއު ވިދާޅުވީ، މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށުމުގެ ކުރިން، ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ކަމަށެވެ.

"މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެވާހަކަ ދަންނަވަމެވެ."

ވަޒީރު ޝަފީއުގެ ޕޯސްޓްގައި ވިދާޅުވިއެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، ސަރުކާރުގެ އޭލެވެލް ސްކޫލެއް މާލޭގައި ހުޅުވުމުން، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށާއި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މީހާރަށްވުރެ ކުޑަކުރެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން، މިހާރު ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ސީއެޗްއެސްއީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ވަޒީރު ޝަފީއު ވިދާޅުވިއެވެ.

1979 ވަނަ އަހަރު ހުޅުވި ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރަން ނިންމީ 2020 ވަނަ އަހަރުއެވެ. ސީއެޗްއެސްއީ ގެ ކުރީގެ އިމާރާތް ހުރި ބިން އަމީނިއްޔާ ސްކޫލަށް ދީފައިވާއިރު، 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީ ހިންގަމުން އަންނަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭއާއީ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި
ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއާއީ ފުޓުބޯޅަ ފެޑެރޭޝަނުން ޤައުމަށް ދިއުމަށް ހަމަޖައްސައިފައިވި ޗާޓާ ފްލައިޓް ކެންސަލްކޮށް ކުޅުންތެރިންނަށް ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރަން ޖެހުނެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.