ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ: ވޮއިސް
ހަބަރު
01 Jul 2024 | 15:26
މިފްކޯއިން މަހުގެ އަގަށް ގެނައި ބަދަލާއިއެކު، އަމާޒަކީ 2 ހަފްތާތެރޭގައި ފައިސާ ދިނުން: ވަޒީރު ޝިޔާމް

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސް ގަންނަ އަގަށް ގެނައި ބަދަލާއިއެކު، މަސްވެރިން ބާނާ މަހަށް 2 ހަފްތާ ތެރޭގައި ފައިސާ ދިނުމަކީ އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިފްކޯއަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ބަދަލާއިއެކު، މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި، ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރުން ހިމެނޭ ކަމަށް ވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"މިފްކޯ އަކީ ބްރޭކް އިވަންގައި ހިންގާ ކުންފުންޏަކަށް ހަދައިގެން އެކަން ވެވޭނީ، އެމަސައްކަތް މިކުރަނީ، އަމާޒަކީ މިވަގުތު މި ގެނެވޭ ބަދަލުގައި، އަމާޒަކީ 2 ހަފްތާތެރޭގައި ފައިސާ ދިނުން،"

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މިފްކޯއިން މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާ ގުޅިގެން މި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ކުރިއެރުންތައް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިފްކޯއިން މަސް ގަންނަ އަގަށް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކޮށްފައިވަނީ އިއްޔެއެވެ.

މިގޮތުން މަހުގެ އަގުތަކަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން މިފްކޯއިން ބުނީ، ޖުލައި 1 އިން 5 އަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށް ކަމަށާއި، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި 14 ރުފިޔާއަށް ކަމަށެވެ.

ހަމައެއާއިއެކު، އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި ގަންނާނީ 7 ރުފިޔާއަށް ކަމަށްވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.