މާލެ މަގުމަތި-- ފޮޓޯ: ވޮއިސް
ހަބަރު
02 Jul 2024 | 13:20
ރޯގާ އާންމުވާ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ރާއްޖޭގައި ރޯގާ އާއްމުވަމުންދާ ދަނޑިވަޅަކަށްވާތީ، މިފަދަ ދުވަސްވަރުގައި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި، މިފަދަ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން އެ ވުޒާރާއިން ވަނީ އިރުޝާދުތަކެއް ދީފައެވެ.

އެގޮތުން، ހާސްކަމާއި ނުތަނަވަސްކަން އިހުސާސްކުރެވޭނަމަ، އެހެން ފަރާތަކާ އިހުސާސްތައް ހިއްސާކުރުމަށާއި، އޯގާތެރިކަމާއެކު އެކަކު އަނެކަކަށް އަޅާލުމަށާއި، އެކަކު އަނެކަކުގެ ވާހަކަތައް އަޑުއެހުމަށާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ. އަދި އެހެން މީހުންނާ ގުޅިގެން އުޅުމަށާއި، ކަންކަމުގައި މަޝްއޫލުވެ އުޅުމަށް މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތެއް ބާކީވާކަމުގެ އިހުސާސް ވިޔަ ނުދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް (ޢާއިލާގެ ނުވަތަ ރައްޓެހިންނަށް) އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްވެސް އިލްތިމާސްކޮށްފައިވާއިރު، ރޯގާ ނުވަތަ ބަލިތައް ފެތުރުން އާންމުވަމުންދާ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެ ވުޒާރާއިން އެދެއެވެ.

މި ދުވަސްވަރު ރާއްޖޭގައި ހަލުއި ކަމާއި އެކު ރޯގާ ފެތުރެމުންދާއިރު، މިކަމަށް ރައްކާތެރިވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުންވެސް އަންނަނީ އިރުޝާދު ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.