އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް؛ އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ފުޓްބޯޅައިގެ ހަރަކާތްތަކުން އޭނާ ވަނީ ސަސްޕެންޑް ކޮށްފައި-- ފޮޓޯ: އެފްއޭއެމް
ހަބަރު
02 Jul 2024 | 14:16
މީހަކަށް 3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެފްއޭއެމް ގެ މައްޗަށް ހުކުމް ކޮށްފި

ކޮރަޕްޝަންފަދަ ގިނަ ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީހަކަށް 3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ އަނބުރާ ދައްކާގޮތަށް މިދިޔަ އަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހު ހުޅުމާލެ، ފްލެޓް ނަންބަރު 04-1-19/ މާލެ، ހަސަން މަނިކު އެފްއޭއެމަށް ދޫކުރި ފައިސާ އަދާކުރުމަށްޓަކައި އެ އެސޯސިއޭޝަނުން ފޮނުވި ޗެކް ރިޓާން ވެފައިވާތީ ހުށަހެޅި މައްސަލައެކެވެ. 

މީގެ އިތުރުން ވެސް ޝަރީއަތަަށް ހިނގި ހަރަދު ހޯދުމަށް ވެސް ހަސަން މަނިކު ވަނީ ހުށަހަޅާފައެވެ.

އެފްއޭއެމަށް ދައުވާގެ ލިޔެކިޔުންތައް ރައްދުކުރި ނަމަވެސް، އެކަމަށް އެ އެސޯސިއޭޝަނުން ރައްދުދީފައިނުވާތީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، އެފްއޭއެމުން ހަސަން މަނިކަށް ދޭން ޖެހޭ 20،000 ޑޮލަރު (308،400 ރުފިޔާ) އަދި ޝަރީއަތަށް ހޭދަވި 27،000 ރުފިޔާ 10 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ.

އެއާއިއެކު، އެފްއޭއެމުން ހަސަން މަނިކަށް ޖުމްލަ 335،400 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މިއީ މި ހަފްތާގައި އެފްއޭއެމުން ރުފިޔާ ދެއްކުމަށް ކުރި ދެވަނަ ހުކުމްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ހަފްތާގެ އާދިއްތަ ދުވަހުވެސް ޗެކް ރިޓާންވި މައްސަލައެއްގައި އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް 30 ދުވަހުގެ ތެރޭގައި، އެފްއޭއެމުން ދައްކަން ޖެހޭ 771،000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދަށް ހިނގި 5،000 ރުފިޔާ ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.