ޞިއްޙީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
02 Jul 2024 | 15:17
ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ފަސޭހަވި އެންމެ ބޮޑު އެއްސަބަބަކީ ޕްރައިވެޓް ސެކްޓާ އިން ކުރި ހޭދަ: ޚަލީލް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑު ލޮޅުމެއް ކުރިމަތިވި ކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ފަސޭހަވި އެންމެ ބޮޑު އެއް ސަބަބަކީ ޕްރައިވެޓް ސެކްޓަރުން ކުރި ހޭދައާއި މަސައްކަތް ކަމަށް ޞިއްޙީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ތިން ރަށެއްގެ ރައްޔިތުންނަށް ޗަންޕާ މުޙައްމަދު މޫސާ ހަދިޔާކުރެއްވި ފިޒިއޮތެރަޕީ އިކުއިޕްމަންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެހާލަތުން އަރައިގަތުމަށް ދިމާވި އެންމެ ބޮޑު އެއްސަބަބަކީ ޕްރައިވެޓް ސެކްޓާ އިން ކުރި ހޭދަ، ކުރި މިންނަތް މަސައްކަތް، އޮހޮރި ދާ"

ވަޒީރު ޚަލީލް ވިދާޅުވިއެވެ.

މިގޮތުން ކޮވިޑް ގެ ދުވަސްވަރު ޓްރީޓޮޕް ހޮސްޕިޓަލުން 3 މަސްދުވަހަށް އެއްވެސް ޝަރުތަކާ ނުލައި އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ރައްޔިތުންނަށް ހުޅުވާލައި، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިން ކަމަށާއި، ޗަންޕާ ސެންޓްރަލް ހޮޓެލް ވެސް ދިވެހި ރައްޔިތުންނަށް ހުޅުވާލި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ޗަންޕާ ބްރާދާސް ގުޅިފައި އޮންނަ ކޮންމެ ވިޔަފާރި އަކުން އެބޭފުޅުން މަސައްކަތްޕުޅު ކުރައްވަނީ ވިޔަފާރީގެ ފައިދާ ހޯދުމާއިއެކު، އެ ފައިދާއަކީވެސް ރައްޔިތުންނަށް ހެދުމަށްޓަކައިކަން ފާހަގަކުރެވިގެންދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހއ.ހޯރަފުށި، ޅ.ހިންނަވަރު އަދި ޅ.ކުރެންދޫ އަށް ޗަންޕާ މުޙައްމަދު މޫސާ ހަދިޔާކުރެއްވި ފިޒިއޮތެރަޕީ އިކުއިޕްމަންޓް، ރައްޔިތުންގެ މަޖިލީހުގައި އެ ރަށްތައް ތަމްސީލުކުރައްވާ މެމްބަރުންނަށް ހަވާލުކޮށްދެއްވީ އެބޭފުޅާގެ ދަރިކަނބަލުން ސާރާ މޫސާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.