ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Jul 2024 | 13:56
ކުރިއަށްއޮތް ދުވަސްތަކުގައި އޭ ލެވެލް އަށް ކިޔެވުމުގެ ފުރުސަތުތައް އިތުރުކޮށްދޭނަން: ރައީސް ޑރ.މުޢިއްޒު

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އޭލެވެލް އަށް ކިޔަވަން ބޭނުންވާ ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މާލޭގައި އާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު މި އަންނަ އަހަރު ފުޅާ ވާނެ ކަމަށެވެ.

"ކުރިއަށްއޮތް ދުވަސްތަކުގައި އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް އިތުރުކުރަން ނިންމާފައިވަނީ. މާލޭގައިވެސް އިރާދަކުރެއްވިއްޔާ ހަމަ މިއަހަރު އަދި މި އަންނަ އަހަރު އެއަށްވުރެ ފުޅާކޮށް ފުރުޞަތު ލިބޭނެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް. އެހެންވީމަ ފުރުސަތު ހުޅުވާދޭނަން އިރާދަކުރެއްވިއްޔާ"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިކަމަށްޓަކައި، ރަނގަޅު ޓީޗަރުން ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ގެދޮރުގެ ފުރުސަތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފަހި ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހަމައެއާއިއެކު، ދަރިވަރުން ކިޔަވާ ނިމުމުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޔުނިވާސިޓީ ތައުލީމް ހާސިލްކޮށްގެން އައިސް، ވަޒީފާ އަށް ނުކުތުމުގެ ކުރިން އާމްދަނީގެ ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އޭލެވެލް ތައުލީމު ގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ މާލޭގައި ހިންގަމުން އައި ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށުމުގެ ކުރިން، އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.