އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް--ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ހަބަރު
03 Jul 2024 | 15:22
ރީޖަނަލް ހޮސްޕިޓަލްތަކުގައި ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތުގެ ވަގުތު އިތުރުކުރަނީ

ރާއްޖޭގެ 5 ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުުން ދެމުންގެންދާ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތުގެ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްހީ ވުޒާރާއިން ބުނީ، މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި 5 ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

2 ދަންފަޅިއަށް ހިދުމަތްދޭ ގޮތަށް ބަދަލު ކުރި ހޮސްޕިޓަލްތަކަކީ:

1) ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

2) ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

3) ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

4) އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް

5) ލ އަތޮޅު ރީޖަނަލް ހޮސްޕިޓަލް

މީގެ ތެރެއިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަށް ކިދުމަތް ދޭން ފަށާފައިވާއިރު، ދެން ހުރި ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފަށާނީ  މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެކުރިން އެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ޙިދުމަތްދެމުން އައީ ހެނދުނު 9:00 އިން 16:00 އެކަނި ނަމަވެސް، ދެ ދަންފަޅިއަށް ބަދަލު ކުރުމާއިއެކު، ހަވީރު 16:00 ރޭގަނޑު 9:00 ނުވަތަ 10:00 އާއި ހަމައަށްވެސް ސެޕަޝަލިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ.

ސިއްހީ ވުޒާރާއިން ބުނީ، މި ބަދަލާއިއެކު، އެތަންތަނުން ޚިދުމަތް ހޯދާ ރައްޔިތުންނަށް އެތައްގޮތަކުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.