ރައީސް ޑރ މުހައްމަދު މުޢިއްޒު އާއި އިނގިރޭސި އައު ބޮޑުވަޒީރު
ހަބަރު
05 Jul 2024 | 14:20
އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ކީރ ސްޓާމަރ އަށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވަރަށް ބޮޑު މޮޅުވުމަކާއެކު ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވި ކަމަށްޓަކައި ކީރ ސްޓާމަރ އަދި ލޭބަރ ޕާޓީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި އެ ބޭފުޅުންގެ ޤާބިލު ލީޑަރޝިޕްގެ ދަށުން އިނގިރޭސި ވިލާތަށް ފާގަތިކަމުގެ އައު ފަތިހެއް ފެނިގެންދާނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ހެޔޮ އެދުންތައް ފޮނުވާ ކަމަށާއި، މިހާރު ވެސް ވަރަށް ގާތް ގުޅުމެއް އޮތް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދުނިޔޭގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ގާތުން މަސައްކަތްކުރުމަށް އިންތިޒާރުކުރާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ލޭބާ ޕާޓީން ވަނީ އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނާކް ތަމްސީލުކުރައްވާ ކޮންޒަވޭޓިވް ޕާޓީއާއި ވާދަކުރައްވައިގެން ހައުސް އޮފް ކޮމަންސްގެ 409 ގޮނޑި ކާމިޔާބުކޮށްގެން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދާފަ އެވެ. އެ އަދަދު ލޭބާއަށް ހާސިލުކުރެވިފައިވަނީ ހައުސް އޮފް ކޮމަންސްގެ ޖުމްލަ 650 ގޮނޑީގެ ތެރެއިން ނެވެ.

މިއީ އިނގިރޭސިވިލާތުގެ ތާރީހުގައިވެސް އެއް ޕާޓީއަކަށް އާންމު އިންތިހާބުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުގައި ލޭބާއަށް 409 ގޮނޑި ކާމިޔާބުކުރެވުނުއިރު ކޮންޒަވޭޓިވްއަށް މިހާތަނަށް ހޯދިފައިވަނީ 120 ގޮނޑި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.