އީރާނުގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއަން-- ފޮޓޯ: އަނަޑޯލޫ އަޖަންސީ
ދުނިޔެ
06 Jul 2024 | 10:02
އީރާންގެ ރައީސް ކަމަށް މަސްއޫދު ޕެޒެޝްކިއަން އިންތިހާބުވެވަޑައިގެންފި

އީރާންގެ އައު ރައީސް ކަމަށް މަސްއޫދު ޕެޒެޝްކިއަން އިންތިހާބުވެވަޑައިގެންފިއެވެ.

ޕެޒެޝްކިއަން ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތީ، މިމަހުގެ 28 ވަނަ ދުވަހު ކުރިއަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް މެޖޯރިޓީ ނުލިބުމާއި ގުޅިގެން އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ދެވަނަ ބުރުގައި އެގައުމުގެ ކުރީގެ ނިއުކްލިއާ ނެގޯޝިއޭޓަރު ސައީދު ޖަލީލީ އާއި ވާދަކުރައްވާ، 16.3 މިލިއަން ވޯޓް ހޯއްދަވައިގެންނެވެ.

އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ ޕްރެސް ޓީވީން ރިޕޯޓް ކުރި ގޮތުގައި މި އިންތިހާބުގައި ސައީދު ޖަލީލީ އަށް ލިބިވަޑައިގަތީ 13.5 މިލިއަން ވޯޓެވެ.

މިއާއިއެކު، މި އިންތިހާބު ސުޕަވައިޒް ކުރާ އިންޓީރިއާ މިނިސްޓްރީން ވަނީ، ޕެޒެޝްކިއަން މި އިންތިހާބު ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އީރާނުގެ އައު ރައީސް ކަމަށް ހޮވިވަޑައިގެން އުމުރުން 69 އަހަރުގެ ޕެޒެޝްކިއަންގެ ބައްޕަ އަކީ އަޒެރީ އަކަށްވާއިރު، މަންމަ އަކީ ކުރުދީ މީހެކެވެ.

2008 ވަނަ އަހަރުން ފެށިގެން އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ މެންބަރުކަމުގެ މަގާމް ފުރުއްވަމުންދާ ޕެޒެޝްކިއަން ވަނީ ހިތުގެ ހާއްސަ ޑޮކްޓަރު ކަމުގެ ސަނަދުވެސް ހާސިލް ކުރައްވާފައިއެވެ. 

2013 ވަނަ އަހަރާއި 2021 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވައި، ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ޕެޒެޝްކިއަން ވަނީ މީގެ ކުރިން 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް އީރާނުގެ މިނިސްޓަރ އޮފް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން ގެ މަގާމު ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.