އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެން ކީރ ސްޓާމަރ-- ފޮޓޯ: އަނަޑޯލު އަޖަންސީ
ދުނިޔެ
06 Jul 2024 | 09:50
އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު، ކީރ ސްޓާމަރގެ ކެބިނެޓްގައި ތާރީހީ މަގާމްތަކެއް

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެން ކީރ ސްޓާމަރގެ އައު ކެބިނެޓް އިއުލާނުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ކީރ ސްޓާމަރ އިއުލާނު ކުރެއްވި މި ކެބިނެޓްގައި ބޮޑުވަޒީރު ނައިބު އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ލެވެލިންގ އަޕް، ހައުސިންގ އެންޑް ކޮމިއުނިޓީސްގެ އައްޔަނުކޮށްފައިވަނީ އެންޖެލާ ރޭނަރއެވެ. އެގައުމުގެ ލޭބަރ ޕާޓީގެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެއްކަމަށްވާ ރޭނަރ އަކީ އިނގިރޭސިވިލާތުގެ އިޖްތިމާޢީ ހަމަހަމަކަމާއި ބޯހިޔާވަހިކަމުގެ އިޞްލާޙުތަކާ ގުޅޭގޮތުން ސަރުކާރުގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތެކެވެ.

އިނގިރޭސިވިލާތުގެ  ޗާންސެލަރ އޮފް އެކްސްޗެކަރ (މާލީ ވަޒީރު) ގެ މަޤާމަށް ރޭޗެލް ރީވްސް އައްޔަނުކުރެވުމާއިއެކު، އޭނާ ވެގެން ގޮސްފައިވަނީ އެގައުމުގެ 800 އަހަރުވީ ތާރީހުގައި ވެސް އެމަގާމު ފުރުއްވާނެ ފުރަތަމަ އަންހެން ބޭފުޅާއެވެ. މިކަމާއި ގުޅިގެން ރީވްސް ވިދާޅުވީ، މިއީ އެކަމަނާގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ޝަރަފުކަމަށާއި، އިޤްތިޞާދީ ކުރިއެރުމަކީ މީގެ ކުރިން ލޭބަރ ޕާޓީގެ މިޝަނަށްވީ ނަމަވެސް، މިހާރު އެއީ ޤައުމީ މިޝަނެއް ކަމަށެވެ.

ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތަކާއި ޖިއޯޕޮލިޓިކަލް ގުޅުންތަކުގެ މުހިންމު ދަނޑިވަޅެއްގައި އިނގިރޭސިވިލާތުގެ ބޭރުގެ ކަންކަމާބެހޭ މިނިސްޓަރުކަމަށް ޑޭވިޑް ލެމީ އައްޔަނުކޮށްފައިވާއިރު، ޤައުމުގެ އެތެރޭގެ ސަލާމަތާއި، އިމިގްރޭޝަނާއި، ޤާނޫނާއި އަމަން އަމާންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ހޯމް ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފައިވަނީ އިވެޓް ކޫޕަރއެވެ.

ހަމައެއާއިއެކު، އެގައުމުގެ ދިފާޢީ ވަޒީރުކަމަށް މީގެ ކުރިން ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވި ޖޯން ހީލީ ވަނީ އައްޔަނުކޮށްފައެވެ.

މި އައްޔަންކުރުންތަކާއެކު އިނގިރޭސިވިލާތުގެ ސިޔާސީ މަޝްރަހުގައި މީގެކުރިން ބަދަލުނުވެ ހުރި ގިނަޒަމާންވީ އާދަތަކެއް މިވަނީ ބަދަލުކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމަށް ކީރ ސްޓާމަރ އިންތިހާބުވެ ވަޑައިގަތީ ބުރާސްފަތި ދުވަހުގެ އިންތިޚާބުގައި ލޭބަރ ޕާޓީއަށް 650 ދާއިރާގެ ތެރެއިން 412 ދާއިރާއެއް ކާމިޔާބުކުރެވުމާއި ގުޅިގެންނެވެ. މިއީ ވޯޓުގެ 33.7 އިންސައްތައެވެ.

ވޭތުވެދިޔަ 14 އަހަރު އިނގިރޭސިވލާތުގައި ވެރިކަން ކުރި ކޮންސަވޭޓިވް ޕާޓީއަށް މިފަހަރު އިންތިހާބުގައި ލިބުނީ، 23.7 އިންސައްތައެވެ. މިފަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް 471 ގޮނޑިން 250 ގޮނޑި ގެއްލިފައިވާއިރު، އެމީހުންނަށް ކާމިޔާބު ކުރެވުނީ 141 ގޮނޑި އެވެ.

މި އިންތިހާބުގައި ކުރިމަތިލައްވަން ޖެހިވަޑައިގެން ނާކާމިޔާބީ އާއިއެކު، އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ފަހުން ފުރުއްވި ރިޝީ ސުނަކް ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުންނާއި ކޮންސަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.