ވެމްކޯގެ މުއައްޒަފުންތަކެއް-- ފޮޓޯ: ވެމްކޯ
ހަބަރު
06 Jul 2024 | 11:27
ވެމްކޯއިން ފޮޅާ ސާފު ކުރުމުގެ ޚިދުމަތަށް ނިކުންނަން ތައްޔާރުވެއްޖެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް  ވިދާޅުވި ގޮތުގައި، އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ދިނުމަށް ވަރަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.

ވެމްކޯއިން މި ޚިދުމަތް ފެށުމަށް ނިންމީ ވެމްކޯއަކީ ސަރުކާރަށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުންކަމަށާއި، އެއީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާތީ ބިޑިންގއެއް ނޯންނާނެ ކަމަށްވެސް މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.

މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ، މި ޚިދުމަތް ފެށުމަށްޓަކައި ދެ ޚިދުމަތް އެއްކޮށްފައި ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ފަށާ ޕްރޮގްރާމުގައި ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރަމުން ދާކަމަށާއި، ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް މިހާރު ފަށާފައިވާ ކަމަށެވެ.

"މި ޚިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން. ފޮޅާ ސާފުކުރުމުގެ ޚިދުމަތްދޭ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް ވެސް އަޅުގަނޑުމެން މިހާރު ވާނީ ފަށާފައި"

މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.

ޚިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އަބްދުލްކަރީމް ވިދާޅުވިއެވެ.

ވެމްކޯ ގެ ހިދުމަތްތަކުގެ ތެރެއަށް ފޮޅާ ސާފު ކުރުން އިތުރުކޮށް އެ ހިދުމަތް ދިނުމަށް ނިންމައި،އެކަމަށް ތައްޔާރުވާން ފަށާފައިވާކަން އެކުންފުނިން ހާމަކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.

މިގޮތުން ވެމްކޯއިން ބުނީ، ފޮޅާ ސާފުކުރުމުގެ ހިދުމަތް ފުރަތަމަ ދޭން ނިންމާފައިވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށާއި އެ ހިދުމަތަށް ޑިމާންޑް އޮތް ނަމަ އެ ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.