ނަރުހުންތަކެއް-- ފޮޓޯ: މިހާރު
ހަބަރު
06 Jul 2024 | 14:37
މެނިންގޮކޯކަލްގެ ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، އިތުރު ކޭހެއް ނެތް: އެޗްޕީއޭ

ރާއްޖެއިން ފެނުނު ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުނުއިރު، މެނިންގޮކޯކަލް ބަލީގެ ކްލޯޒް ކޮންޓެކްޓުންނަށް ބޭސް ދެވިފައިވާ ކަމަށާއި، އެ ބަލީގެ އިތުރު ކޭސް އެއް އެޗްޕީއޭ އަށް ރިޕޯޓް ކުރެވިފައި ނުވާ ކަމަށެވެ.

މީގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހިމް އަޝްރަފް ވަނީ ނިންގޯކޮކަލް ބަލީގެ ކޭސް އެއް ރާއްޖެއިން ފެނުމާއިއެކު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށުނު ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 46 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއިއެކު، ސިއްހީ ވުޒާރާއިން ވެސް ވަނީ މެނިންގޮކޯކޮލް ބަލި ރާއްޖޭގައި މިހާތަނަށް ނުފެތުރޭ ކަމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާއްމުން މި ބަލީގެ ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ކުރިމަތިވެފައިނުވާކަމަށް ބުނެފައެވެ.

އެހެންނަމަވެސް، އެ ވުޒާރާއިން ވަނީ ހައްޖާއި އުމްރާ ދާ މީހުންނާއި މެނިންގޮކޯކޮލް ބަލި ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އިތުރުން ވަކި ހާއްސަ ހާލަތެއް ކުރިމަތިވެފައިވާ މީހުން މި ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.

މިއީ ރާއްޖެއިން ނުފެންނަ ބައްޔެއް ނަމަވެސް، އިންވޭސިވް މެނިންގޯކޮކަލް ފެނިފައިވަނީ، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޢާރިފު (ބަކާ) ގެ ގައިންނެވެ. ބަކާ ވަނީ، ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އައިފަހުން، ކުއްލިއަކަށް، ޙާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.

އެކަމާއި ގުޅިގެން ބަކާ އާއި ކޮންޓެކްޓްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާކަން އޭރު އެޗްޕީއޭއިން ހާމަކުރިއެވެ.

ނައިސެރިއާ މެނިންޖައިޓިޑިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ މި ބައްޔަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

 މި ބަލީގެ ސަބަބުން، ގުނަވަންތައް ފެއިލްވުމަށް މަގު ފަހި ވާއިރު، މައިބަދައާއި ސިކުނޑިއަށް ވެސް ގެއްލުންވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.