މޯލްޑިވިއަންގެ ފްލައިޓެއް
ހަބަރު
06 Jul 2024 | 16:21
މޯލްޑިވިއަންގެ އެއާބަސް ބޯޓަށް މައްސަލައެއް ދިމާވެ، ދަތުރުތަކެއް ކެންސަލްކޮށްފި

މިއަދު މޯލްޑިވިއަންގެ އެއާބަސް ބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، މާލެއިން ދަކާއަށް ދަތުރުކުރާ ދެ ފްލައިޓެއް ކެންސަލްކޮށްފިއެވެ.

މިކަން އަންގައި މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، މިއަދު މާލެއިން ދަކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓް ނަންބަރު Q2-502 އާއި Q2-2502 ކެންސަލްކޮށްފައިވާ ކަމަށެވެ.

އަދި އެއާބަހަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި ދަތުރުތަކުގެ ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް އެހެން އޮޕްޝަންތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އަންގާފައިވެއެވެ. އަދި ދަކާގައި ތިބި ކަސްޓަމަރުންނަށް  8801708810798+ ނަންބަރަށް ގުޅުމަށްވެސް އަންގާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މާފަށް އެދި، ކެތްތެރިކަމާއެކު ތިބުމަށް އެދިފައިވާއިރު، އިތުރު އަޕްޑޭޓްތައް ދޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ކޮމެންޓް
ހިޔަލަ ޕެއާ
ބަލަ ކަލޭމެން ފޮޓޯލާފައި ތިޔައިނީ އެޔާބިހެއްގެ ކަންނޭގެ...އެއީ އެޔަބަހެއްނޫން ރައީސް އޮފީހުބް މިބަލަޔައޭ އެހާ ގިނަ ސްޕޮންސަރ ދޭއިރު
06 Jul 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.