އެފްއޭއެމް
ހަބަރު
06 Jul 2024 | 17:47
އެފްއޭމްގެ މައްޗަށް އަނެއްކާވެސް ހުކުމެއް؛ 3 ދުވަހުގެ ތެރޭގައި ވެމްކޯއަށް 39،000 ރުފިޔާ ދައްކަން ޖެހިއްޖެ

ކޮރަޕްޝަންފަދަ ގިނަ ތުހުމަތުތަކެއް މިހާރުވެސް ކުރެވިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 39،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ވިލިމާލެ ފުޓްބޯޅަ ދަނޑުގެ ކުނި ނަގައިދިނުމަށް އެފްއޭއެމުން ވެމްކޯއަށް ހުށަހެޅުމުން، ވެމްކޯއިން ދިން ހިދުމަތްތަކަށް ބިލު ކޮށްފައިވާ އިންވޮއިސްތަކަށް ފައިސާ ދައްކާފައިނުވާތީ ޖުމުލަ 39،108 ރުފިޔާ އެއްފަހަރާ ހޯދުމަށް އެދި ވެމްކޯ ގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އެފްއޭއެމަށް މި މައްސަލައިގެ ދައުވާގެ ލިޔެކިޔުންތައް ރައްދުކުރި ނަމަވެސް، އެކަމަށް އެ އެސޯސިއޭޝަނުން ރައްދުދީފައިނުވާތީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެފްއޭއެމުން ވެމްކޯއަށް ދައްކަން ޖެހޭ 39،108 ރުފިޔާ ދައްކަން ޖެހޭ ކަން ސާބިތުވާކަމަށް ކަނޑައަޅައި، 4 ޖުލައި އިން ފެށިގެން ރަސްމީ ތިން ދުވަހުގެ ތެރޭގައި މިފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް އެފްއޭއެމުން މީހަކަށް 3 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފައިވާއިރު، ހަމަ އެ ހަފްތާގެ ތެރޭގައި، ޗެކް ރިޓާންވި މައްސަލައެއްގައި އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް 30 ދުވަހުގެ ތެރޭގައި، އެފްއޭއެމުން ދައްކަން ޖެހޭ 771،000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދަށް ހިނގި 5،000 ރުފިޔާ ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލައިގައި ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.