ކީރިތި ގުރުއާން ހިފްޒް ކުރި އާސިރަށް މަރުހަބާ ކިޔުން-- ފޮޓޯ: މަދަރަސަތުލް އިފްތިތާޙު
ހަބަރު
06 Jul 2024 | 16:32
އާސިރު ޙާފިޡް ކަމުގެ ސަނަދު ހާޞިލްކުރީ ކުށެއްނުޖެހި އެއްވަނަ ދަރަޖައިގައި!

އާސިރު ޢާރިފް ޔޫސުފު ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ކުށެއްނުޖެހި އެއްވަނަ ދަރަޖައިގައި ހާސިލްކޮށްފިއެވެ.

ޅ. ނައިފަރުގައި ހުންނަ މަދުރަސަތުލް އިފްތިތާޙުގެ ގުރޭޑް 10 ގައި ކިޔަވަމުންދާ އާސިރު މި ސަނަދާއިއެކު ނައިފަރަށް ދިޔުމުން، އެރަށުން ވަނީ އިއްޔެ ހަވީރު ޚާއްޞަ ރަސްމިއްޔާތަކާއިއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ހުސްވި ޖޫން މަހުގެ 3 ވަނަ ދުވަހު ޤުރުއާނާ ބެހޭ މަރުކަޒައި އޮންނަ ހިފްޒް ކޮމިޓީއަށް ހަތިމް އެކީ ކިޔައިދީ ނިންމި އާސިރު، ހާފިޒް ކަމުގެ ސަނަދު ހޯދީ އެންމެ ކުށެއްވެސް ނުޖެހި ކޮމިޓީއަށް ކިޔައިދިނުމާއެކު ކުރި ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދީގެން ކަމަށް އާސިރުގެ މަންމަ ޒާހިރާ ޔޫސުފު ބުންޏެވެ.

ނޫހަކަށް މައުލޫމާތު ދެއްވަމުން، ޒާހިރާ ބުނީ، މިއީ އާއިލާއަށާއި، އާސިރުގެ އުފަން ރަށްކަމަށްވާ ބ. އޭދަފުއްޓަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެންމެ އުފާވަނީ އެންމެ ކުށެއްވެސް ނުޖެހި ކޮމިޓީއަށް ކިޔައިދީ ކޮމިޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޔަޤީން ކަމާއި އިތުބާރު އޮވެގެން ރަނގަޅު ޖަވާބު ދިނުމުން ކަމަށެވެ.

އެންމެ ކުޑައިރުއްސުރެ ވެސް އާސިރު ޤުރުއާނަށް ޝަޢުޤު ހުރިކަމަށާއި ޕްރީ ސްކޫލްގައި ކިޔަވަމުން ދިޔައިރު ޢައްމާ ފޮތް ހިތުން ދަސްކުރިކަން ފާހަގަކުރަމުން ޒާހިރާ ބުނީ، ދަރިފުޅަށް ހިފްޒްކޮށް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު އެ ރަށުން ލިބޭނެ ދުވަހަކަށް އުއްމީދު ކުރެވުނުކަމަށެވެ.

ނައިފަރަށް އުފަން ޝެއިޚް އަހްމަދު ނާޒިލް މުޙައްމަދު 2019 ވަނަ އަހަރު ހިފްޒްކޮށްދޭ ކުލާހެއް، ފެއްޓެވި ހިސާބުން ހިފްޒް ކުރުމުގެ މަސައްކަތް އާސިރު ފެށިއެވެ. އާސިރަކީ އެ ކުލާހުގައި އެންމެ ފުރަތަމަ ބައިވެރިވި ދަރިވަރުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.

" އާސިރަށް ހިފްޒް ކޮށްދޭން، ނާޒިލް ވަރަށް މަސައްކަތް ކޮށްދެއްވި. ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރު ހޭދަ ކުރެއްވި"

ޒާހިރާ ބުންޏެވެ.

ނާޒިލްގެ އެހީތެރިކަމާއެކު ފުރަތަމަ ގުރުއާނުން ސޫރަތެއް ދަސްކުރުމަށްފަހު އިތުރުކުރަމުން މުރާޖައާ ކުރަމުން ގެންދިޔަ ކަމަށް ޒާހިރާ ބުންޏެވެ. ހަމަ އެދުވަސްވަރު ކޮވިޑްގެ ބަލިމަޑުކަން ފެތުރި، ގޭގައި ހުންނަން ޖެހުމުން، ގިނަ ވަގުތު އާސިރު ހޭދަކުރީ ހިފްޒް ކުރުމުގައެވެ.

އާސިރު ވަނީ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދާފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީ ތަކުގެ ތެރޭގައި: 

1) ފާދިއްޕޮޅު އަތޮޅު ކައުންސިލް 30 ވަނަ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ނުބަލާ ކިޔެވުމުގެ ބައިން 1 ވަނަ (ކީސްޓޭޖް 4 )

2) ފާދިއްޕޮޅު އަތޮޅު ކައުންސިލް 30 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުން މުޅި މުބާރާތުން 1 ވަނަ (ނުބަލާކިޔެވުމުގެ ބައިން)

3) ފާދިއްޕޮޅު ނައިފަރު ކައުންސިލް 3 ވަނަ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ.

4) ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ނުބަލާކިޔެވުމުގެ ގޮފިން 2 ވަނަ.

5) ނައިފަރު ކައުންސިލްގެ ވަނަ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 1 ވަނަ

އާސިރު ހިފުޒްކޮށް ދަސްކުރަން ފެށި ހިސާބުން ސްކޫލުގައި ކިޔަވަމުން ދިޔަ ހުރިހާ މާއްދާއެއް ވެސް ދަސްކުރަން ފަސޭހަވި ކަމަށާއި، ޤުރުއާން ކިޔެވުމާއި ހިފްޒް ކުރަން ފެށުމުން ހިތްއަލިވެ ކިޔެވުމަށް ވެސް ބާރަކަށް ވެގެންދިޔަކަން ޒާހިރާ ފާހަގަކުރިއެވެ.

އާސިރު، ކުރިމަގުގައި ވެސް އޭނާ ފެންނާނީ ޤުރުއާނުގެ ތެރެއިން ކަމަށާއި، ޤުރުއާން އުނގަންނައި ދިނުމުގެ ދާއިރާ އިން އޭނާ ފެނުމަކީ ޒާހިރާގެ އުންމީދެއްކަމަށް ބުންޏެވެ.

މިދަތުރުގައި އާސިރުގެ ބައްޕަ ވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ޝެއިޚް ނާޒިލް ކޮށްދެއްވި ބުރަ މަސައްކަތަށް އެ އާއިލާއިން ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ. ހަމައެއާއިއެކު، ހިފްޒް ކޮމިޓީއަށް ކިޔައިދޭން މާލޭގައި ހޭދަކުރި މުއްދަތުގައި ނައިފަރު މަލާޒް ހާމިދު އިބްރާހިމް ދިން އެހީތެރިކަމާއި އާއިލާ އިން ދިން ހިތްވަރާއި ކޮށްދިން މަސައްކަތާއި އަދި ހެޔޮދުއާއަށް ލޯތްބާއި އިޙްތިރާމާއެކު ޒާހިރާ ޝުކުރު އަދާކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.