ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Jul 2024 | 17:36
ރައީސް ޑރ.މުޢިއްޒު، އީރާނުގެ އައު ރައީސަށް މަރުހަބާ ވިދާޅުވެއްޖެ

އީރާންގެ އައު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަސްއޫދު ޕެޒެޝްކިއަން އަށް ރައީސް ޑރ.މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޕެޒެޝްކިއަން އަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ.މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެގަައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

ހަމައެއާއިއެކު، އީރާނާއި އެގައުމުގެ ހިމެނޭ ސަރަޙައްދުގައި ސުލްޙަ އާއި ފާގަތިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް ކާމިޔާބީ ލިބުމަށް ވެސް ރައީސް ޑރ.މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

އީރާނުގެ ރައީސް ކަމަށް ޕެޒެޝްކިއަން އިންތިހާބު ވެވަޑައިގަތީ، މިމަހުގެ 28 ވަނަ ދުވަހު ކުރިއަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް މެޖޯރިޓީ ނުލިބުމާއި ގުޅިގެން އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ދެވަނަ ބުރުގައި އެގައުމުގެ ކުރީގެ ނިއުކްލިއާ ނެގޯޝިއޭޓަރު ސައީދު ޖަލީލީ އާއި ވާދަކުރައްވާ، 16.3 މިލިއަން ވޯޓް ހޯއްދަވައިގެންނެވެ.

އީރާނުގެ އައު ރައީސް ކަމަށް ހޮވިވަޑައިގެން އުމުރުން 69 އަހަރުގެ ޕެޒެޝްކިއަންގެ ބައްޕަ އަކީ އަޒެރީ އަކަށްވާއިރު، މަންމަ އަކީ ކުރުދީ މީހެކެވެ.

2008 ވަނަ އަހަރުން ފެށިގެން އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ މެންބަރުކަމުގެ މަގާމް ފުރުއްވަމުންދާ ޕެޒެޝްކިއަން ވަނީ ހިތުގެ ހާއްސަ ޑޮކްޓަރު ކަމުގެ ސަނަދުވެސް ހާސިލް ކުރައްވާފައިއެވެ. 

2013 ވަނަ އަހަރާއި 2021 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ޕެޒެޝްކިއަން ވަނީ މީގެ ކުރިން 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް އީރާނުގެ މިނިސްޓަރ އޮފް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން ގެ މަގާމު ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.