ބަނގްލަދޭޝްގެ ޓްރާންސްޕޯޓް އެންޑް މިނިސްޓަރ އުބައިދުލް ގުއަދާރް ---
ދުނިޔެ
07 Jul 2024 | 18:20
އިންޑިއާއަކީ ސިޔާސީ ރަހުމަތްތެރިއެއް، ޗައިނާއަކީ ތަރައްގީގެ ބައިވެރިއެއް: ބަނގްލަދޭޝް

އިންޑިއާއަކީ ސިޔާސީ ރަހުމަތްތެރިއެއްކަމަށާއި އަދި ޗައިނާއަކީ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށް ބަނގްލަދޭޝްގެ ޓްރާންސްޕޯޓް މިނިސްޓަރ އުބައިދުލް ޤާދިރު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ވެރިކަންކުރާ އަވާމީ ލީގުގެ ނުފޫޒުގަދަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާ ޤާދިރު މިހެން ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް، ވެރިރަށް ޑާކާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ބަންގްލަދޭޝްއިން ގެންގުޅެނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއްކަމަށާއި، ޗައިނާ އަދި އިންޑިއާއާ ގުޅިގެން ބަންގްލަދޭޝްގައި ތަރައްޤީގެ މުހިއްމު ޕްރޮޖެކްޓްތަކެއް ހިންގިފައިވުމަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫކަމެއް ކަމަށެވެ.

ބަންގްލަދޭޝްއަށް މިނިވަންކަން ހޯދައިދިނުމަށް އިންޑިއާއިން މުހިއްމު ދައުރެއް އަދާކުރިކަމަށާއި، އަދި 2015 ވަނަ އަހަރު ދެގައުމުގެ މެދުގައި ވެވުނު ސަރަހައްދީ އިމާ ބެހޭ އެއްބަސްވުމަކީ ދެގައުމުގެ ސިޔާސީ ރަހުމަތްތެރިކަމުގެ ހެއްކެއްކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަސް، އެހީތެރިކަން ހޯދުމަށް ޗައިނާ އަދި އިންޑިއާ ދެގައުމާއެކުވެސް އަވާމީ ލީގުގެ ސަރުކާރުން މަސައްކަތްކުރާނެކަމަށް ޤާދިރު ވިދާޅުވިއެވެ.

ޝެއިޚް ޙަސީނާ ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ކުރައްވާ ދަތުރުފުޅުގައި ވިޔަފާރިއާއި އިގްތިސާދާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރައްވާނެކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓްކުރެއެވެ. އެގޮތުން 7 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާ ގުޅޭ ގޮތުން ދެގައުމުން މަޝްވަރާކުރާނެއެވެ. އަދި ޗައިނާގެ ވިޔަފާރިވެރިންނާއެކުވެސް ޝެއިޚް ހަސީނާ މަޝްވަރާކުރައްވާނެއެވެ.

ޗައިނާއަށް ވަޑައިގަތުމުގެ ކުރިން މީގެ ދެ ހަފްތާކުރިން ޝެއިޚް ހަސީނާ ވަނީ އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
ޙަމީދު
ގުއަދާރް އެއް ނޫން ގާދިރް. ޢުބައިދުލްޤާދިރް
08 Jul 2024
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.