ރައީސުލްޖުންހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު:ފޮޓޯ/ ޕީއެންސީ
ހަބަރު
07 Jul 2024 | 22:17
މަޖިލީހާއި ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކުރުމަށް އިސްލާހު ހުށަޅާނަން: ރައީސް މުޢިއްޒު

ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ ސައިޒުވެސް ކުޑަކުރުމަށް ގާނޫނުތަކަށް އިސްލާ ހުށަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީގެ ހަރުގޭގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ،  ޚަރަދު ކުޑަކުރާ ވާހަކަ ދައްކަވާއިރު، ގައުމަށް ކަތާވަރަށް ގައުމުގެ ނިޒާމު ބައްޓަންކުރާ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. 

އެގޮތުން، ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދުގެ ގޮތުގައި އެންމެ ރަނގަޅު އަދަދަކީ 77 ކަމަށެވެ. އެއީ 2009 ވަނަ އަހަރު އާގާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިހާބު ކުރި މަޖިލީހުގެ މެންބަރުންގެ އަދަދެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ސައިޒުވެސް އެބަޖެހޭ ހަމައަކަށް އަޅުވަން. މިހާރު މިދާގޮތަށް ދަންޏާ އާބާދީ އިތުރުވާ ވަރަށް، 100 އަށްވެސް އަރާފާނެ. އެ އަދަދު ކުޑަކުރަން ވިސްނާއިރު، މާ ކުޑަކޮށްލިޔަސް ރަނގަޅެއް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ، މަޖިލީހުގެ މެންބަރުންގެ އަދަދު 77 މެންބަރުންނަށް ލިމިޓްކޮށް ހަމަޖެއްސުން. އެހެންވީމާ ކުރިއަށް މަޖިލީހަށް 77 ނޫނީއްޔާ އެހާ ހިސާބަށް ގާތްގަނޑަކަށް ހަމަޖެހޭ އަދަދަކަށް ކުޑަކޮށް، އެއަށްވުރެ ބޮޑު ނުވާގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން އިރާދަކުރެއްވިއްޔާ ހުށަހަޅާނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ހަމައެހެންމެ، ކުދިކުދި ރަށްތަކުގައި ކައުންސިލަރުންގެ ގޮތުގައި ރައީސްއަކާއި ނައިބު ރައީސުން ތިބުމުން ފުދޭނެ ކަމަށެވެ. އާބާދީ ބޮޑެތި ރަށްތަކަށް އެއަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބު ކުރުން އެންމެ ރަނގަޅު ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް މިހާރު އޮތް ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކައުންސިލް ތަކުގެ ސައިޒު ކުޑަކުރަންޖެހޭ. ކައުންސިލްތަކުގެ ސައިޒު ނުކަތާހާ ބޮޑު. ކައުންސިލް ތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޮްރެޒެންޓޭޝަން ދޫކޮށްލުމެއް ނޫން. މިސާލަކަށް ގައުމުގެ ކަންކަން ހިންގަން ހޮވަނީ އެންމެ މީހެއް. އެހެންވީމާ، 300، 500 ނޫނީ 1000 އެއްހާ މީހުންގެ ރަށެއްގައި 5 ނޫނީ 7 މީހުން ހޮވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް. އަޅުގަނޑު ގަބޫލުރާ ގޮތުގައި ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސް ހޮވީމާ، އާބާދީގެ ގޮތުން ކުދި ރަށްތަކަށް ފުދޭނެ. އާބާދީގެ ގޮތުން އެއަށްވުރެ ބޮޑެތި ރަށްތަކަށް ތަންކޮޅެއް ބޮޑު ކޮށްލިޔަސް، ސިޓަި ތަކަށް އެއަށްވުރެ ބޮޑު ކޮށްލިޔަސް ފުދޭނެ. މިހާރަށްވުރެ ކައުންސިލް ތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ރަނގަޚު ގޮތް. އެ އިސްލާހު އަޚުގަނޑު ހުށަހަޅާނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ ނިޒާމް ބައްޓަންވެފައުވާ ގޮތުން، ގިނަ އިންތިޚާބުތަކެއް ބާއްވަންޖެހޭ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ރައްޔިތުންގެ ބައިވެރިވުން ސަރުކާރު ހިންގުމުގަައި ހިމެނުމަށް އިންތިޚާބު ތަކަކީ މުހިންމު އެއްޗެއް ނަމަވެސް، އެކަން ކުރެވެންޖެހޭނީ ޚަރަދު ދެކޮޅުޖެހޭ ގޮތަށް ޒިންމާދާރުކަންމަތީގައި ކަމަށެވެ.

ނިމިދިޔަ މަޖިލީހުގެ އިމްތިޚާބު ނިމިގެން ދިޔައިރުގައި، 120 މިލިއަނަށްވުރެ ގިނަ ރުފިޔާ، ރައްޔިތުންގެ ފައިސާ ވަނޫ ޚަރަދުވެފައި. ރިޔަސީ އިންތިޚާބު ނިމުނު އިރު، އެ އިންތިޚާބަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ޚަރަދުވެފައި.  މި ދެ އިންތިޚާބަކީ ކައިރި ކައިރީ، 6 މަސް ދުވަހުގެ ގެޕެއް އޮންނަ އިންތިޚާބެއް. އަޅުގަނޑު ދެކާެ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިމްތިޚާބު އެކުއެކީގައި ބޭއްވުމުން. އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތްކުރެވޭ މަދުވެގެން 120 މިލިއަން ރުފިޔާ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދެ އިންތިޚާބު އެއްކޮށް ބާއްވަން އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.