ވަޒީރު މުހައްމަދު ސައީދު-- ފޮޓޯ: ވޮއިސް
ހަބަރު
08 Jul 2024 | 15:22
އެއްމަސްދުވަހުގެ ތެރޭގައި އުތުރުގައި ބަންކަރިންގެ ޚިދުމަތް ފަށަނީ

އެއްމަސްދުވަހުގެ ތެރޭގައި ސަރުކާރުން އުތުރުގައި ބަންކަރިންގެ ޚިދުމަތް ފަށާނެ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ މައި ޕާޓީން ރޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމާއިއެކު، ތިލަދުންމަތީގައި ބަންކަރިންގެ ހިދުމަތްތަކެއް ފަށާނެ ވާހަކަދައްކާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ތެރެއިން، އެންމެ 6 މަސްދުވަހުގެ ތެރޭގައި، އެސްޓީއޯއިން ބޮޑު 2 ޓޭންކަރު ގަނެފައިވާ ކަމަށާއި، އެމްއެންޑީއެފާއި އެކު އެސްޓީއޯއިން ޗާޓު އަޕްޑޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. ހަމައެއާއިއެކު ކަސްޓަމާއި އިމިގްރޭޝަނުންވެސް މި ހިދުމަތާއި ގުޅިގެން ކުރަން ޖެހޭ ކަންކަމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް ފެށުމަށް ބޭނުންވާ އާލާތްތަކާއި އެކި އެކި ރައްކާތެރިކަމަށްޓަކައި ތިމާވެއްޓަށް ކޮށްފާނެ އަސަރަކާއި އެނޫންވެސް ކަންކަމުން ކުރީ ބައިގައި ސަލާމަތްވުމަކީ އެހެން ގައުމުތަކުން ވެސް ކުރާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ސައީދު ވިދާޅުވީ، އެ މިންގަނޑުގެ ތެރެއިން ރާއްޖެ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުންވެސް ވަޒީރު ސައީދު ވިދާޅުވީ، ބަންކަރުންގެ ހިދުމަތުގެ ވަޒީފާއަށް ބޭނުންވާ 40 މީހުން އައްޔަނުކުރުމަށްޓަކައި އިއުލާނުކޮށްފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑު މިވާހަކަ ދައްކަމުން ދާއިރު އެންމެ 6 ދުވަސްތެރޭގައި އިރާދަކޔރެއްވިއްޔާ ބަންކަރިންގެ ހިދުމަތަށް ވަޒީފާއަށް ނެގުމަށްޓަކައި، 40 މީހުންގެ ވަޒީފާ މީގެ ގާތްގަނޑަކަށް ތިން ހަފްތާ ކުރިން އެސްޓިއޯ އިން ވަނީ އިއުލާނުކޮށްފައި. އަދި އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އަޅުގަނޑަށް މި ސްޓޭޖަށް އަންނަން މައުލޫމާތު ނަގާލިއިރު، މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ 1 މަސްދުވަސް ތެރޭގައި ބަންކަރުންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ."

ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި އަހަރުގެ ޖުލައި ނިމޭއިރު، ބަންކަރިންގެ ހިދުމަތް ފެށުމުން، އަންނަ އަހަރުގެ ޖުލައި މަސް ފެށެންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ ގޮތުގައި މިހާރު އޮތް 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.

ޖުލައި މަސް ނިމުމުގެ ކުރިން ބަންކަރިންގެ ވިޔަފާރި އިހަވަންދިއްޕޮޅުގައި ފެށޭނެ ކަމަށް މީގެ ކުރިން ރައީސް ޑރ.މުޢިއްޒު  ހއ.ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.

އެއާއިއެކު، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި މިދިޔަ މާޗުމަހު ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.