ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
08 Jul 2024 | 15:18
ރައީސް ޑރ.މުޢިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތައް 2 މަސްފަހުން ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތައް 2 މަސްފަހުން އަނެއްކާވެސް ފައްޓަވާނެކަމަށް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ މައި ޕާޓީ، ޕީއެންސީން ރޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށަކަށް ދާނެކަމަށް ވައުދުވިނަމަވެސް، އަދިވެސް ނުދެވި 130 ވަރަކަށް ރަށް އެބަ އޮތް ކަމަށާއި، މިއަހަރުގެ ބާކީ އޮތް 5 މަސްދުވަހުގެ ތެރޭގައި މިހުރިހާ ރަށަކަށް ދިޔުމަށް ވަރަށް ބޮޑު ޚަރަދެއް ހޭދަވާ ކަމަށެވެ.

މި ހަފްތާގައި މި ދަތުރުތައް ފަށަން މީގެ ކުރިން ނިންމެވިނަމަވެސް، މި ޚަރަދު މިވަގުތު ކުރުމަށްވުރެ މިހާރު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ގެންނަ އިސްލާހުތަކާއިއެކީގައި އެކަންތައް ފަސްކޮށްލެއްވީ ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"މި ހަރަދު މިވަގުތު ކުރުމަށް ވުރެ އިކޮނޮމީ އަށް އަޅުގަނޑުމެން ގެންނަ އިސްލާހުތަކާއި އެކީގައި، ރަނގަޅު ދިރުމެއް ގެނައުމަށް އަދި ކުޑަވަގުތުކޮޅެއް ދޭން ބޭނުންވާތީ ކުޑަ ތަންކޮޅެއް ލަސްކޮށްލާފައި، އިރާދަކުރެއްވިއްޔާ 2 މަހެއްހާ ދުވަސްފަހުން މި ދެންނެވި ދަތުރުތައް ފަށާނަން."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާކަންތައްތައް ސީދާ ރައްޔިތުންގެ ކިބައިން، ރައްޔިތުންގެ ކައިރީގައި ހުންނަވައިގެން އަޑުއެއްސެވޭނެ ކަމަށާއި، ގޭގެއަށް ދިޔުމާއި ރައްޔިތުންނާއި ބައްދަލުކޮށް އެކިކަހަލަ ބައްދަލުވުންތައް ބޭއްވޭނެ ކަމަށެވެ. އަދި ދަތުރުފުޅުތައް ކުރައްވަން ބޭނުންވަނީ ރައްޔިތުންނާއި ސަލާމްކޮށް، ޖަލްސާއެއް ބޭއްވުމަށްފަހު ފުރަންނޫން ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ގޮތުން ވަރަށް އަވަހަށް ރަސްމީ މަސައްކަތުގެ ތެރެއިން ހަފްތާގެ ކަނޑައެޅޭ ކޮންމެވެސް އެއްދުވަހެއްގެ ހަވީރު ގޭގެއަށް ވަޑައިގަންނަވާނެ ކަމަށާއި، އެކިކަހަލަ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

"އެހެންވީމަ ލަސްތަކެއްނުވެ، ވަރަށް އަވަހަށް ތާވަލެއްގެ ތެރެއިން މާލޭގެ ހުރިހާ ދާއިރާތަކަށް ކޮންމެ ހަފްތާއަކު ކޮންމެވެސް އެއް ދާއިރާއެއްގެ ގެތަކަށް އަޅުގަނޑު ދާން ފަށާނަން."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވާނެކަމަށް ރައީސް ޑރ.މުޢިއްޒު މީގެ ކުރިން ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ 6 މަސްތެރޭގައި ގާތްގަނޑަކަށް 70 ރަށަށް ވަޑައިގެން 150އަށް ވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.