ހިޒްބުﷲ އިން ޔަހޫދީ ފައުޖަށް ދިން ހަމަލާ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
08 Jul 2024 | 19:14
ގޯލާންގެ އުސްބިންތަކުގައި ތިބި ޔަހޫދީ ފައުޖަށް ލުބްނާނުން ޙަމަލާތަކެއް ދީފި

ސޫރިޔާގެ ގޯލާންގެ އުސްބިންތަކުގައި ގާއިމު ކޮށްފައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާ އަށް ޔަހޫދީން އަރައިގަތީންސުރެ، ހިޒްބުﷲ އިން ޔަހޫދީ ފައުޖަށް އަމާޒުކޮށް ހަމަލާތައް ކޮންމެ ދުވަހަކުހެން ދެމުންދާއިރު، މިއީ ޖޫލާންގެ އުސް ބިންތަކުގައި އޮތް ޔަހުދީންގެ އަސްކަރީ މަރުކަޒަކަށް އެ ޖަމާއަތުން ހަމަލާތައް އަމާޒުކުރި ފުރަތަމަ ފަހަރެވެ.

މި ހަމަލާ އާއި ގުޅޭގޮތުން ހިޒްބުﷲ އިން ބުނީ، މިއީ އެ ޖަމާއަތުން ވައިގެ މަގުން ދީފައިވާ އެންމެ ވަރުގަދަ ހަމަލާތައް ކަމަށާއި، މިހަމަލާތައް ކާމިޔާބު ކަމަާއި އެކު އަމާޒަށް ވާޒިލްވެފައިވާ ކަަމަށެވެ. އެގޮތުން ހިޒްބުﷲ އިން ވަނީ މި ހަމަލާގައި 200 ރޮކެޓުގެ އިތުރުން އެތަކެއް ޑްރޯންތަކެއް ވެސް ޔަހޫދީ ފައުޖަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ޔަހޫދީންނަށް ގެއްލުންލިބުނު ކަމަށާއި، އެ ސަރަހައްދުގައި އަލިފާން ރޯވިކަމަށް ވެސް ހިޒްބުﷲ އިން ބުނެއެވެ.

ޔަހޫދީން ސޫރިޔާ ގެ އެ ސަރަހައްދަށް ވެރިވެގަނެގެން ބިނާކުރި މި މަރުކަޒަކީ ސޫރިޔާގެ ވެރިރަށް ދިމިޝްޤާއި, ޢިރާޤާއި, އުދުރުނާއި ސަޢޫދީ ޢަރަބިއްޔާއަށް ޖާސޫސް ކޮށް، އެ ޤައުމުތަކާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގުމުގެ ބޭނުގައި ހިންގާ މަރުކަޒެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.