މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ވަޒީރު މަރިޔަމް މާރިޔާ-- ފޮޓޯ: މިނިސްޓްރީ
ހަބަރު
09 Jul 2024 | 15:25
ސަރުކާރުގެ އެހީގައި ކިޔަވާ ކުދިން ޙާލުގައި ނުޖައްސާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ދީފި

ސަރުކާރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ޙާލުގައި ނުޖައްސާނެކަމުގެ ޔަޤީންކަން މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ވުޒާރާއިން ދީފިއެވެ.

ވުޒާރާއިން މިފަދައިން ބުނެފައިމިވަނީ، ރާއްޖެއިން ބޭރުގައި ސަރުކާރުގެ ސްކޮލާޝިޕާއި، ސްޓޫޑަންޓް ލޯނުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދަރިވަރުންނަށް ފައިސާ ޖަމާ ނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވަނިކޮށެވެ.

އެ ވުޒާރާއިން އާއްމު ކުރި ލިޔުމެއްގައި ބުނީ،  ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުންދާ ކަމަށާއި، މި ދަރިވަރުންގެ ކޯސްފީއާއި ލިވިންގ އެލައުންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުޞޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ މި މިނިސްޓްރީން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެހެންނަމަވެސް، ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށް ޤަބޫލުކުރާ ކަމަށާއި، އެއީ ހަމައެކަނި މިހާރުވަމުންދާ ކަމެއް ނޫންކަމަށް ވެސް އެވުޒާރާއިން ބުނެއެވެ. 

މީގެ ކުރިން ވެސް މިފަދަ ޙާލަތްތައް މެދުވެރިވެފައި ހުރިކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނީ،  ޢާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، އެ ވުޒާރާއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ވަގުތު ނަގާތީ ކަމަށެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ،  ފޯރުކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ޚިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިނުމަށްށް، ކުރެވެންއޮތް ކޮންމެ ކަމެއް ދިވެހިސަރުކާރުން ކުރާނެ ކަމަށެވެ.

 ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެޔޮގޮތުގައި ބިނާކޮށް، މި ޤައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ޙިއްޞާ އިތުރު ކުރުމަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

އެހެންކަމުން، މިކަމާއި ގުޅުވައިގެން  ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމަކީ އެ ވުޒާރާއިން ކަންބޮޑުވެ، ހިތާމަ ކުރާކަމަށް ބުނެ، އެ ވުޒާރާއިން ވަނީ ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޚަބަރު ފަތުރާ ވަސީލަތްތަކުން ޢަމަލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.