ވޭން އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ-- ފޮޓޯ: ދިޔަރެސް
ހަބަރު
09 Jul 2024 | 13:23
ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިފި

މާލޭ ގަލޮޅު ކަންމަތި ކައިރީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިފިއެވެ.

ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާތަނަށް މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މަންޒަރު ދުށް ފަރާތަކުން ބުނީ، ވޭނުން އެއްޗެސް ގޮވި އަޑު ވަރަށް ބާރަށް އިވުނު ކަމަށާއި، ވޭންގެ ބިއްލޫރިތައް ވެސް އެއްކޮށް ތަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މިހާދިސާ އާއި ގުޅިގެން، މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
30 Jun 2026
ވޯލްޑްކަޕާ ގުޅިގެން އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި
ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޚިދުމަތުން 26 ޕަސެންޓް ޑިސްކައުންޓާއި ސްކޯ ޕްރިޑިކްޝަން މުބާރާތެއް ފަށައިފައިވާއިރު މުބާރާތުގައި ނަސީބުވެރިންނަށް ޖާޒީ އަދި ވައުޗަރު ލިބޭނެއ
30 Jun 2026
ޒަކާތު ފަންޑަށް 75 އިންސައްތަ އިތުރުވުން
މި އަހަރުގެ މޭ މަހު ޒަކާތު ހައުސްއަށް 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ. އެހީތަކަށާ މަޝްރޫޢުތަކަށް 2.69 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
30 Jun 2026
ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލައިފި
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު އިތުރު ބޯޓެއް ރާއްޖެ ގެންނާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
30 Jun 2026
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.