އީރާނުގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއަން-- ފޮޓޯ: އޭޕީ
ދުނިޔެ
09 Jul 2024 | 15:39
އީރާން އަބަދުވެސް ދެމިއޮންނާނީ ޔަހޫދީ ދައުލަތާއި ދެކޮޅު ގައުމެއްގެ ގޮތުގައި: ޕެޒެޝްކިއަން

އީރާނަކީ އަބަދުވެސް ޔަހޫދީ ދައުލަތާއި ދެކޮޅުވާނެ ގައުމެއް ކަމަށް އީރާނުގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު، ހަސަން ނަސްރުﷲ އަށް ފޮނުއްވި މެސެޖެއްގައި ޕެޒެޝްކިއަން ވިދާޅުވީ، ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އީރާނުން އަބަދުވެސް ތާއީދުކޮށްފައިވަނީ ޣައިރު ޤާނޫނީ ޒަޔޯނިސްޓު ވެރިކަމާ ދެކޮޅަށް ކަމަށެވެ.

މީގެ އިތުރުންވެސް، ފަލަސްޠީނުގެ އަނިޔާ ލިބެމުންދާ މުސްލިމުންނާއި އެ ސަރަހައްދުގެ އެހެން ޤައުމުތަކުގެ މައްޗަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމަވެރި ސިޔާސަތުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އީރާނުން ނުދޭނެކަމަށް ޕެޒެޝްކިއަން ވިދާޅުވިކަމަށްވެސް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އެންމެ ފަހުން އީރާނުގެ ރައީސް ކަމުގައި ހުންނަވަނިކޮށް، ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި މެއި މަހު ހިނގި ހާދިސާއެއްގައި އަވަހާރަވި އިބްރާހިމް ރައިސީ އަކީ ވެސް ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލާއި ދެކޮޅަށް ވަރުގަދަ އިންޒާރުތަކެއް ދެއްވި ބޭފުޅެކެވެ. ރައީސީގެ ވެރިކަމުގައި އީރާނުން އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.