ކ.ދިއްފުށި-- ފޮޓޯ: މޭޑްލީ މޯލްޑިވްސް
ހަބަރު
09 Jul 2024 | 17:00
ދިއްފުށީގައި ސްނޯކްލިން އަށް ދިޔަ ޒުވާނަކަށް މިޔަރެއް ހަމަލާދީފި

ކ.ދިއްފުށީގައި ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދީފިއެވެ.

ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު މެންދުރު 1 ހާއިރު ކަމަށެވެ.

އުމުރުން ގާތްގަނޑަކަށް 30-25 އާއި ދެމެދުގެ ޒުވާނާއަށް މިޔަރު ދިން ހަމަލާގައި އޭނާގެ އަތުގައި ދަތްއަޅާފައިވާ ކަމަށް ސުނިލް ވިދާޅުވިއެވެ.

މިއަދު ގެ 15:00 ހާއިރު އިތުރު ފަރުވާއަށް މާލެއަށް އޭނާ ގެނެސްފައިވާއިރު، އޭނާ އަށް ފަރުވާދެމުންދަނީ އޭޑީކޭގައެވެ.

މިކަމާއި ގުޅޭގޮތުން އަދި ފުލުހުންގެ ރަސްމީ ބަހެއް ނުލިބެއެވެ.

ދާދި ފަހުން، އެމްއެންޑީއެފްއިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން ސިފައިންގެ އޮފިސަރަކަށް މިޔަރެއް ދިން ހަމަލާއެއްގައި، ހާލުދެރަވެ ނިޔާވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ނީތު
ތިބައިވަރު ގަނޱު ހިފާ ހުސްކުރަންވީ ނޫނީ ފަޅުތެރެޔަށްވެސް ވަދެފާނެ ހެދޭނެގޮތެއް ވަކިނެތް މިނޫން ގޮތެއް
09 Jul 2024
ކަމަނަ
ދެން ކުރާނެކަމަކީ، އެތައްބަޔަކު އެތަނަށް ގެންގޮސްގެން ސާވޭ ކުރުމުގެ ނަމުގަ ބަޔަކަށް ލާރިގަނޑެއް ދޭނީ. ލ.އަތޮޅުގައި ހިނގި ހާދިސާގައިވެސް ކަންކުރީ އެހެން.
09 Jul 2024
ކަނޑުރަސްގެފާނު
ކޮންކަހަލަ މިޔަރެއްކަންވެސް ބުނެލިނަމަ… ކައުންސިލުގެ ރައީސްއަށްވެސް ނޭނގެނީ ހެން ހީވަނީ…
11 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.