ސްކޭމް ކޯލެއް-- ފޮޓޯ: އެންޓީއެން
ހަބަރު
11 Jul 2024 | 12:50
ސަރުކާރުގެ ލޯނާއި ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އަމާޒުކޮށް ސްކޭމެއް، ސަމާލުވޭ!

ސަރުކާރުގެ ލޯނާއި ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އަމާޒުކޮށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި ސްކޭމް ކުރަން ފަށައިފިއެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ، ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ، މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެ ކަމަށާއި، ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ސްކޭމް ކުރާ ފަރާތުން ބުނާކަމަށެވެ.

ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސްކަމަކަށް މި މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި،  ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ދޭކަށެއް ނުޖެހޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުންވެސް، މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ، ދަރިވަރުންނާއި ގުޅޭ ކަންކަމުގައި މި މިނިސްޓްރީން މުއާމަލާތް ކުރަމުންދާނީ އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން، ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީޢާއިންކަމަށާއި، ކޮންމެހެން ގުޅަން ޖެހިގެން ބައެއް ޙާލަތްތަކުގައި ފޯނުންވެސް ގުޅަން ޖެހިއްޖެނަމަ ގުޅާނެކަމަށެވެ.

ދަރިވަރުންނަށް ދޭ އެއްވެސް ޚިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ޚިދުމަތެއް ނޫންކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނީ، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ކޯލެއް ލިބިއްޖެ ހިނދެއްގައި، އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ޔަޤީންވާ ކަމުގައި ވަނީނަމަ ނޫނީ ގުޅާ މީހަކީ މިނިސްޓްރީގެ މުވައްޒަފެއްކަން ކަށަވަރުކުރެވިފައިވާ ޙާލަތުގައި މެނުވީ އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާ ނުކުރުމަށާއި، އެއްވެސް ޙާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.