ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕަ ކަމާލް ދަހަލް-- ފޮޓޯ: ބިޒްނަސް ސްޓޭންޓާޑް
ދުނިޔެ
13 Jul 2024 | 13:41
ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި

ނޭޕާލްގެ ބޮޑުވަޒީރު،ޕުޝްޕަ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމަށް އެގައުމުގެ ޕާލިމެންޓުން ފާސްކޮށްފިއެވެ.

ދަހަލްގެ އިތުބާރު ނެތްކަމުގެ ވޯޓްނެގިފައިވަނީ ދަހަލްގެ ސަރުކާރުގެ މައިގަނޑު ބައިވެރިއެއްކަމުގައިވާ ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީ (ޔުނައިޓެޑް މާކްސިސްޓް ލެނިނިސްޓް) އިން ފާއިތުވި ހަފްތާގައި ސަރުކާރަށް ދެމުންއައި ތާއީދު އަނބުރާ ގެންގޮސް، ޤައުމުގެ އެންމެ ބޮޑު ޕާޓީކަމުގައިވާ ނޭޕާލީ ކޮންގްރެސްއާ ގުޅިގެން އައު ކޯލިޝަނެއް އުފެއްދުމަށް ނިންމުމާ ގުޅިގެންނެވެ.

މިކަމުގެ ސަބަބުން 19 މަސްދުވަހު ވެރިކަމުގައި ހުރުމަށްފަހު އޭނާ މަޤާމުން ވަކިވާން ޖެހުނުއިރު، ހުކުރު ދުވަހު ނެގި ވޯޓްގައި ޕާލިމެންޓުގެ ސްޕީކަރު ދޭވް ރާޖް ގިމިރޭ އިޢުލާނުކުރެއްވި ގޮތުގައި އޭނާއަށް ލިބުނީ އެންމެ 63 ވޯޓެވެ. އަދި 194 މެންބަރުން ވޯޓުދިނީ އޭނާއާ ދެކޮޅަށެވެ.

މިއާއިއެކު އޭނާ ވާނީ އައު ސަރުކާރެއް އުފެދެންދެން ނޭޕާލު ސަރުކާރުގެ ވަގުތީ އިސްވެރިޔަކަށެވެ. ޕާލިމެންޓުގެ ނިންމުން ރަސްމީކޮށް އެންގުމުން، ނޭޕާލްގެ ރައީސް ރާމް ޗަންދްރަ ޕައުޑެލް އައު ސަރުކާރެއް އުފެއްދުމަށް ހުށަހެޅުންތައް ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް އަންގަވާނެއެވެ.

އެ ޕާޓީއާއި ދަހަލްއާއި މެދު މާ ބޮޑު މައްސަލަތަކެއް ނުޖެހުނު ނަމަވެސް، އެ ޕާޓީގެ ލީޑަރު އޯލީއަށް ނޭޕާލީ ކޮންގްރެސްއިން ހުށަހެޅި ހުށަހެޅުމެއްގައި ބުނެފައިވަނީ އައު ކޯލިޝަނެއް އުފައްދައިފިނަމަ އޭނާއަށް ވެރިކަން ލިބޭނެ ކަމަށެވެ. ދަހަލްގެ ސަރުކާރު ވެއްޓުނީ އޯލީ މި ހުށަހެޅުން ގަބޫލުކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.