މާލެ ސިޓީ ކައުންސިލްގެ ވަކީލު އަބުދުލް ހަކީމް-- ފޮޓޯ: ވޮއިސް
ހަބަރު
13 Jul 2024 | 19:05
ހުދުފިނިފެންމާގެ މީހުން ނުކުމެހަދާނެ ގޮތެއް ހަމަޖައްސަން 4 ހަފްތާދިން: މާލެ ސިޓީ ކައުންސިލް

ހ.ހުދުފިނިފެންމާގެ މީހުން ނުކުމެހަދާނެ ގޮތެއް ހަމަޖައްސަން 4 ހަފްތާދިންކަމަށް މާލެ ސިޓީ ކައުންސިލްގެ ވަކީލު އަބުދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ހުދުފިނިފެންމާގެއަށް ވަދެނުކުމެ ނުހެދޭގޮތަށް ފާރެއް ރޭނުމުން އެ ގޭގައި އާއިލާއެއް ތާށިވުމާއި ގުޅިގެން އެކަން ހިނގިގޮތް ސާފުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަކީމް ވިދާޅުވީ، ހުދުފިނިގެންމާގެ އާގޭގެ އިންފާރު ރޭނުމަށް ހުއްދަދީ، އިންފާރު ރާނަން ފެށުމުގެ ކުރިން، ހުދުފިނިގެންމާގެ އާގެ އިންފާރުގެ ތެރެއަށް ހުދުފިނިފެންމާގޭގެ މީހުން ވަދެނިކުމެވާތީ އެގޭގެ މީހުން ޝަކުވާ ކުރާ ކަމަށް އެގެއަށް އެންގި ކަމަށެވެ.

އެގޮތަށް ޝަކުވާކުރާނަމަ އެކަން ހުއްޓުވަން ޖެހޭތީ، އެކަމާއި ގުޅިގެން ހުދުފިނިގެންމާގެ އާގެ ތެރެއަށް ވަދެ ނުކުތުން ހުއްޓާލުމަށް އަންގައި އެގޭގެ ވެރިފަރާތް ހައްވާ އިބްރާހިމަށް މާލެ ސިޓީ ކައުންސިލުން ސިޓީއެއް ފޮނުވި ކަމަށެވެ.

މީހެއްގެ އިންފާރު ރޭނުން މަނާނުކުރެވޭނެކަން ފާހަގަކުރައްވަމުން ހަކީމް ވިދާޅުވީ، އިންފާރު ރާނަން ފެށުމުން ހުދުފިނިފެންމާގޭގެ މީހުން ޝަކުވާކުރިކަމަށާއި، އެކަމާއި ގުޅިގެން އެގޭގެ މީހުން ނުކުންނާނެ ގޮތެއް ހަމަޖެއްސުމަށް ފުލުހުންގެ މެދުވެރިވެގެން 4 ހަފްތާގެ މުހުލަތެއް ދިން ކަމަށެވެ. އެހެންނަމަވެސް، އެމީހުން ވަދެނިކުންނާނެ ގޮތެއް ހަމަނުޖައްސައި އޮތްކަން އެނގުނީ މައްސަލަ ދިމާވުމުން ކަމަށްވެސް ހަކީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މީހެއްގެ އިންފާރު ރޭނުން މަނައެއް ނުކުރެވޭނެ. އިންފާރު ރާނަން ފެށުމުން ހުދުފިނިފެންމާގޭގެ މީހުން ޝަކުވާކުރުމުން ފުލުހުން މެދުވެރިވެގެން ދިން 4 ހަފްތާގެ މުހުލަތެއް އެގޭގެ މީހުން ނުކުންނާނެ ގޮތެއް ހަމަޖެއްސުމަށް. ނަމަވެސް އެކަން ނުވެ އޮތްކަން އެނގުނީ މި މައްސަލަ ދިމާވީމާ."

ހަކީމް ވިދާޅުވިއެވެ.

ހަކީމް ވިދާޅުވީ، ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ހުށަހެޅިގެން އުޅޭތާ 27 އަހަރު ވެފައިވާ ކަމަށާއި، ހުދުފިނެފެންމާގޭގެ ބޮޑު މިނަކީ 3970 އަކަފޫޓްކަމަށް ވާއިރު، ކޮންމެ ބަޔަކަށް 1985 އަކަފޫޓް ހިމެނޭ ގޮތަށް ގޯތި ދެބައި ކުރި ކަމަށެވެ.އެތަނުން އެއްބަޔަށް ހުދުފިނިފެންމާގެ އަދި އަނެއްބަޔަށް ހުދުފިނިގެންމާގެ އާގެ ވަނީ ކިޔާފައެވެ.

އޭގެ ތެރެއިން ހުދުފިނިފެންމާގެ އަނެއްކާވެސް ދެބައި ކުރި ކަމަށާއި، އެއްބަޔަށް ކިޔަނީ ފުގުރާ އަދި އަނެއްބަޔަށް ކިޔާފައިވަނީ ހުދުފިނިފެންމާގެ ކަމަށާއި، ދެ ބަޔަށް ވެސް ވަދެވޭ ގޮތަށް އިނީ ހަދީބީ މަގުން ކަމަށް ހަކީމް ވިދާޅުވިއެވެ.

ހަކީމް ވިދާޅުވީ، ހުދުފިނިފެންމާގެ ހަސަން ޝާކިރު އާއި ހައްވާ އިބްރާހިމް އަށް ދެބައި ކޮށްފައި އޮއްވާ ހައްވާ އިބްރާހިމް އަށް ނުވަދެވޭގޮތަށް ގޯޅިއެއް ނުކަނޑާ އެތަން ރަޖިސްޓްރީ ކުރިކަމަށެވެ. މާލެ ސިޓީ ކައުންސިލުން 2020 ވަނަ އަހަރު  ވަކި ރަޖިސްޓްރީއެއް ހަދާފައި އޮތް އިރު އެ ރަޖިސްޓްރީގެ ސަބަބުން ހުދުފިނިގެންމާގޭގެ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭގޮތްވީ ކަމަށް ވެސް ހަކީމް ވިދާޅުވިއެވެ.

"މި ރަޖިސްޓްރީ ހެދުމުގެ ސަބަބުން ހުދުފިނިގެންމާގޭގެ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭގޮތްވީ. ދެން ހުދުފިނިފެންމާގެއާގޭގެ އިންފާރު ރޭނުމުން މައްސަލަ ދިމާވެގެން މިދިޔައީ. ހުދު ފިނެފެންމާގެ އާގެ އިންފާރު ރާނަން މިޖެހުނު ސަބަބަކީ އެގެއަށް ވަންނަން އިންނަ ގޯޅިއާއެކު އެގޭގެ ބައި އިންނަނީ. ހުދުފިނިފެންމާގޭގެ ފަހަތު ބަޔަށް ވަންނަން ވައިގޮޅިއަކުން ދޮރެއް ހަދާފައި އިނދޭ. އެއީ ވައިގޮޅިއެއްކަމުން އެތަނުގައި ހުދުފިނިފެންމާގެ އާގޭގެ އިންފާރު ރޭނުމަށް ހުއްދި ދީފައި އިންނާނީ."

ހަކީމް ވިދާޅުވިއެވެ.

ހަކީމް އިތުރަށް ވިދާޅުވީ، ހުދުފިނިފެންމާގެ އާގޭގެ އިންފާރު ރޭނުމާއި ގުޅިގެން ހައްވާ އިބްރާހިމްގެ ބައިން ނުކުންނަން ޖެހޭނީ ހުދުފިނިގެންމާގެ ހަސަން ޝާކިރުގެ ބައިން ގޯޅިއެއް ހަދައިގެން ކަމަށާއި، މި މައްސަލަ ކުރިމަތިވީ ގޯޅި ހަދާފައި ނެތުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް
ޖާސޫސް
4 ހަފްތަ ދިނީ މާލޭ ސިޓީ ކައުންސިލަކުން ނޫން. ހުދު ފިނިފެންމާގެ އާގެ މީހުން ހުދު ފިނިފެންމާގެ މީހުންނަށް 4 ހަފްތާގެ މުހުލަތެއް ދީ ފާރު ރޭނުން މަޑުކުރީ
14 Jul 2024
މޭޔަރު
ހަކީމެއް ނޫން ކިޔަނީ ވަކީލަކަށް. ޢަބްދުﷲ ޢަބްދުލްޙަކީމް ކިޔަނީ. ޙަކީމަކީ އެއީ ލޯޔަރުގެ ބައްޕަ
14 Jul 2024
މޯދީ
ނޫސް ކޮންފަރެންސުގައި ދެއްކި ވާހަކަ ރަނގަޅަށް އަޑުއައްސަވާފައި ހަގީގަތުގެ މައްޗަށް ލިޔުއްވާ. ބައެއް ވާހަކަ އެބަހުރި ދެއްކި ވާހަކަ އާ ޚިލާފަށް
14 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.