މާލީ ވުޒާރާ-- ފޮޓޯ: ވޮއިސް
ހަބަރު
14 Jul 2024 | 13:06
ކައުންސިލްތަކުގެ މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް އެދެފި

ކައުންސިލްތަކުގެ މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް މާލީ ވުޒާރާއިން އެދެފިއެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި އެ ވުޒާރާއިން ވަނީ  2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ކައުންސިލްތަކުގެ މެދުރާސްތާ ބަޖެޓުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

އެ ސާކިއުލާގައިވާގޮތުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން، މާލީ ވުޒާރާއިން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ހަމައެއާއިއެކު، އެ ވުޒާރާއިން ބުނީ، "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް އެ ވުޒާރާއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ބަޖެޓާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރާނީ އެ ސާކިއުލާގައިވާ ފޯމެޓުތަކާއި އެއްގޮތަށްކަމަށާއި، ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރާއިރު ފަންޑުތަކުގެ އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ: 

1) ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ

2) ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ

3)ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް

4)ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ  

މަތީގައިވާ ފަންޑުތަކުގެ ތެރެއިން، ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަންވާނީ 2024 ވަނަ އަހަރުގެ މެދު ރާސްތާ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާނެގޮތަކަށްކަމަށާއި، މި އަދަދުތައް 2025 ވަނަ އަހަރުގެ މެދުރާސްޓާ ބަޖެޓުގައި މުރާޖައާކުރެވޭނެކަމަށް ވެސް އެވުޒާރާއިން ބުނެއެވެ.

އެހެންކަމުން، ރާއްޖޭގެ ހުރިހާ ކައުންސިލަކުންވެސް އެ ވުޒާރާއިން ނެރުނު ސާކިއުލާ އާއި އެއްގޮތްވާ ގޮތުގެ މަތިން، 2025 އިން 2027 އަށް ލަފާކުރާ ބަޖެޓު 19 ސެޕްޓެންބަރު 2024 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.