ފެނަކައިގެ އެމްޑީ މުއާޒް--
ހަބަރު
14 Jul 2024 | 16:05
ފެނަކައިން ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ފެނަކައިން ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ކަމަށް ދެކެވޭ ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ.

ފެނަކައަށް ނުއަގުގައި ދޯންޏެއްހިފި ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެފަދަ ވާހަކަތައް ދައްކަނީ އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށްގެން އެއީ އެއް ކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކުރުމަށް ކަމަށެވެ.

ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ އަދުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދަމުންދާ ދިއުމަށް ހުރަސް އަޅައި، ހަގީގަތް އޮޅުވާލައި ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކެއްކަން ފާހަގަކޮށް ފެނަކައިން ބުނީ، މިއީ ވަރަށް ޒިންމާދާރުކަން ކުޑަ، ދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއްކަމަށެވެ.

ފެނަކައިން ބުނީ، އެ ކުންފުންޏަކީ ރާއްޖޭގެ 157 ރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏަކަށްވެފައި، ހިދުމަތްތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް ރަށްރަށުން ލިބެން ނުހުންނައިރު، ރަށްރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އިތުބާރާއެކު އެހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ފޮނުވަން ޖެހޭ ގިނަ އަދަދެއްގެ ތަކެތި މާލޭން އެރަށްރަށަށް އަދި އެއް ރަށުން އަނެއް ރަށަށް ފޮނުވުމަކީ ކުންފުނީގެ ދުވަހުން ދުވަހަށް ކުރެވޭ މުހިންމު މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.

ފެނަކައިން އިތުރަށް ބުނީ، މިފަދަ ފިތުނަ ފަސާދަ އުފެއްދުމުގެ މައިގަނޑު އެއް ސަބަބަކީ  ފާއިތުވިތަނުގައި ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި، އެވްރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ދަތުރުފަތުރަށް ހަމަޖައްސައި، އެ ކަމުން ނާޖައިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި އެއް ކުރެވެން ހުންނަ ދަތުރުތައް އެއްކޮށް، ގިނަ ދަތުރުތައް ކުރަން ޖެހުނަސް ހަރަދު ބޮޑުވެގެން ނުދާނެކަން ކަށަވަރު ކުރެވެނިވި ގޮތަކަށް ކުންފުނީގެ ތާރީހުގައި އެންމެ ކުޑަ އަގުގައި، ކުންފުނީގައި ކަނޑައަޅާފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމަންޓުން އެކަން ހަރުދަނާކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަންކަމުން ނާޖައިޒު ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކުން ދަތި އިހްސާސްތަކަކަށް ވުން ކަމަށެވެ.

ފެނަކައިން ވަނީ ރައީސް ޑރ.މުޢިއްޒު ކަނޑައަޅުއްވާފައިވާ ދެފުށް ފެންނަ ހަރުދަނާ އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން، ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ހިދުމަތް ދިނުމުގައި ސިޔާސަތު ތަންފީޒު ކުރުމުގައި ސާބިތުކަމާއި އެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.