ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން-- ފޮޓޯ: ވޮއިސް
ހަބަރު
14 Jul 2024 | 14:58
ޑޯމިޓަރީ ގާއިމުކުރުމާއި ގުޅޭ ޕްރޮޕޯސަލެއް ލިބުނުނަމަވެސް އެއްބަސްވުމެއްގައި ސޮއިއެއް ނުކުރޭ: ވަޒީރު އިހްސާން

ރާއްޖޭގައި އުޅޭ ބިދޭސީންނަށް ތިބެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޑޯމިޓަރީއެއް ގާއިމުކުރުމާއި ގުޅޭ ގޮތުން ބޭރު ކުންފުންޏެއްގެ ޕްރޮޕޯސަލް ލިބުނު ނަމަވެސް، އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައިނުވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ބިދޭސީންނަށް ރާއްޖޭގައި ޑޯމިޓަރީތަކެއް ގާއިމުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. 

އިހުސާން ވިދާޅުވީ، މިއަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހު އެ ވުޒާރާއަށް މެލޭޝިއާގެ އަލްޓައިޒް އިން ޑިޖިޓަލް ނޭޝަނަލް އިންޓަގްރޭޓަޑް މައިގްރަންޓް ވޯކާސް ޑޯމިޓޮރީގެ ނަމުގައި އަންސޮލިސިޓެޑް ޕްރޮޕޯސަލެއްގެ ހުށަހަޅާފައިވާ ކަމަށެވެ. އެއީ ބިދޭސީން މަސައްކަތްތެރިން ހާއްސަކޮށް އަންސްކިލްޑް ލޭބަރސް ކެޓަގަރީގައި ހިމެނޭ ބިދޭސީންނަށް އެކޮމޮޑޭޝަން ބްލޮކްތަކެއް އެޅުމާއި ގުޅޭ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓަށް އެކުންފުނިން ހަރަދުކުރާ ގޮތަށް ރާއްޖޭގައި މިކަން ކޮށްދޭނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށާއި، މިހާތަނަށް އެމީހުން ހަދާފައިވާ ހިސާބުތަކުން މާލެ ސަރަހައްދުގައި ގާތްގަނޑަކަށް ލައްކައެއްހާ ބިދޭސީން އުޅޭތީ، މާލެ ސަރަހައްދުގައި 1 ލައްކަ މީހުންގެ އެކޮމޮޑޭޝަން ބްލޮކް މި ޕްރޮޖެކްޓްގެ ތެރެއިން އަޅާނެ ވާހަކަ ބުނެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިހުސާން ވިދާޅުވީ އޭގެ ތެރޭގައި މާލެ އާއި ތިލަފުއްޓާއި ހުޅުމާލޭގެ ދެފިޔަވަހި ހިމެނޭ ކަމަށެވެ.

އިހުސާން ވިދާޅުވީ،މިކަން ކުރާނީ އެތަނުގައި ތިބޭ ބިދޭސީންނަށް އެކިކަހަލަ ހިދުމަތްތައް ފޯރުކޮށްދޭގޮތަށް، ސަރުކާރުން ނަގާބިމެއްގައި އެއިންނަ ކުއްޔެއް ނަގައިގެންކަމަށާއި، އެކަމަޑޭޝަން ގައި ތިބޭ ކޮންމެ ބިދޭސީ އަކަށް ބޮލަކަށް 120 ޑޮލަރު ކޮންމެ މަހަކު ޗާޖް ކުރާގޮތަށް އެމީހުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިހާރުވެސް ރާއްޖޭގައި އާއްމުގޮތެއްގައި، ބިދޭސީ މަސައްކަތްތެރިއެއްގެ އެކޮމޮޑޭޝަން ޗާޖެއްގެ ގޮތުގައި ނުވަތަ މުސާރައިގެ ތެރެއަށްލާފަ އެކޮމޮޑޭޝަނަށްޓަކައި ދޭނެ އެވްރެޖްކޮށް 1،500 ރުފިޔާއާއި 2،000 ރުފިޔާއާއި ދޭތެރޭގެ އަދަދެއް. ކޮންމެ ބިދޭސީއަކަށް ވެސް. މަދުވެގެން. އެހެންވީމަ އެމީހުން ޕްރޮޕޯޒަލް އަޅުގަނޑުމެންނާއި ހިސާބަށް ފޮނުއިރުގައި ބޭސްލައިން އަކަށް ވެސް ބަލާފައި މީނީ މި އަދަދު ކަމަށް އެމީހުން އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ."

އިހުސާން ވިދާޅުވިއެވެ.

ހަމައެއާއިއެކު، އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވުޒާރާގެ ސިސްޓަމްތަކަށް ވެސް އިންޓަގްރޭޓް ކުރެވިފައި ހުރި އެތަނުގެ ބިދޭސީންގެ މައުލޫމާތު ހިމެނޭ ބަޔޮމެޓްރިކަލީ ވެރިފައިޑް ސޮފްޓްވެއާ އެއްވެސް މީގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށް ވެސް އެކުންފުނިން ބުނި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއިއެކު، ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުންވެސް ކުރަން ބޭނުންވާ ކަމަކަށްވާތީ މި ޕްރޮޕޯސަލް އިވޭލުއޭޓް ކުރަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓް މޯލްޑިވްސް އަށް މޭމަހުގެ 13 ވަނަ ދުވަހު ފޮނުވި ކަމަށާއި، 9 ޖޫންގައި އިންވެސްޓް މޯލްޑިވްސް އިން ރައީސް އޮފީހަށް ފޮނުވައި، އެއާއި ޖެހިގެން އައި ހަފްތާގައި ބޭއްވުނު އިކޮނޮމިކް ކައުންސިލްގެ މީޓިންގައި މި ޕްރޮޖެކްޓަށް "އިން ޕްރިންސިޕަލް" އެއްބަސްވާކަމަށް ނިންމާފައިވާ ކަމަށެވެ.

އެއާއެކު 10 ޖުލައިގައި އިކޮނޮމިކް ކައުންސިލްގެ މި ނިންމުން އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށާއި، މިކަން ކުރަން ބޭނުންވާ ކަމަށް އަންގައި، އެއްބަސްވުމަކާއި ހިސާބަށް ދިޔުމަށްޓަކައި އެ ކުންފުނީގެ އެންމެ ފަހުގެ ހުށަހެޅުންތައް ހުށަހެޅުމަށް އެދުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މި މަޝްރޫއުއާއި ގުޅޭ ވާހަކަތައް އައިސްފައިވާ ހިސާބަކީ މިއީ ކަމަށާއި، ސަރުކާރުން މިކަމާއި ގުޅޭ ގޮތެއް ނުނިންމާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައިނުވާ ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ، މި މަޝްރޫއުއާއި ގުޅޭ އެއްބަސްވުމެއް ހަދާކަމަށްވާނަމަ، އެހިސާބަށް ދާނީ އެމީހުންގެ ހުށަހެޅުންތައް ލިބުމުން އޭތި އިކޮނޮމިކް ކައުންސިލްއަށް ހުށަހަޅައި، އެކަންކަމަށް އެ ކައުންސިލުން އެއްބަސްވާނަމަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ޕެރަގުއޭގެ ތާރީޚީ މޮޅާއެކު ބަންދު ދުވަހެއް
ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓުން ޖަރުމަނު ބަލިކޮށް ޕެރަގުއޭ ކުއާޓާ ފައިނަލަށް ދިއުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޫން 30 ވަނަ ދުވަސް ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކުރައްވައިފި.
30 Jun 2026
ވޯލްޑް ކަޕްގައި ހީޓް ޑޯމް ނުރައްކަލަކަށް
އެމެރިކާގެ މެދުތެރެއާއި އިރުމަތީގައި ހޫނުގެ ރާޅު ކުރިއަށްދާއިރު ވޯލްޑް ކަޕް މެޗުތަކަށް ނުރައްކާ ކުރިމަތިވެއެވެ. ފީފާއިން ކޮންމެ ހާފެއްގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކު ލާޒިމްކޮށްފައިވެއެވެ.
30 Jun 2026
ފްރާންސުން ފާސްޓް ފެޝަން ޖޫރިމަނާ ކުރަނީ
ޝީން ޓީމޫ އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތަކުން ކޮންމެ ޕްރޮޑަކްޓަކަށް 10 ޔޫރޯއާ ހަމައަށް ޖޫރިމަނާ ދައްކަން ޖެހޭނެ ޤާނޫނެއް ފްރާންސް ސެނެޓުން ފާސްކޮށް އިޝްތިހާރު ކުރުން މަނާކޮށްފި
30 Jun 2026
މައްޗަންގޯޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އެމްއެންޑީއެފުން ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.
30 Jun 2026
މޮރޯކޯއިން ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި ގަދަ 16 އަށް
މުބާރާތުގައި މޮރޯކޯ ދެން ނިކުންނާނީ، އަންނަ ހޮނިހިރުދުވަހު، ކެނެޑާ އާ ދެކޮޅަށެވެ.
30 Jun 2026
ޓާޓާގެ ޑޭޓާ ލީކުން އައިފޯން 18 ޕްރޯގެ ސިއްރު ކޮމްޕޯނެންޓް ލިސްޓު ހާމަވެއްޖެ
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.