މިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު-- ފޮޓޯ: ވޮއިސް
ހަބަރު
14 Jul 2024 | 16:41
ޖުލައި 11 އާއި ހަމައަށް 2013 ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކުރެވިފައި: ޝަމްއާން

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރު ޖުލައި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 2013 ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަމްއާން ވިދާޅުވީ، މިހާތަނަށް ފޮނުވާލި ބިދޭސީންގެ ތެރޭގައި އެކި ރަށްރަށުން ސީރިއަސް މައްސަލަތަކަށް ތުހުމަތުކުރެވުނު ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންއަންނަ ބިދޭސީން ހޯދުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރަމުން އަންނައިރު، އެކަމާއި ގުޅިގެން ޝަމްއާން ވިދާޅުވީ، އެކަމާއި ގުޅިގެން މިހާތަނަށް 120 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

މިމީހުން ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ކޮންޓްރޯލަރ ވިދާޅުވިއެވެ.

"މީގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް 120 ފަރާތެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، މި ފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ މަސައްކަތްދަނީ މިހާރު ކުރެވެމުން."

ޝަމްއާން ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި، ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގެ ތެރެއިން، ރޭ ވެސް ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު 7 ބިދޭސީން ހައްޔަރުކޮށް، ކެފޭއެއް ބަންދުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.