ނޭޕާލުގެ އައުބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ-- ފޮޓޯ: ކަރަންޓް އެފެއާޒް
ދުނިޔެ
15 Jul 2024 | 15:17
ނޭޕާލުގެ ބޮޑުވަޒީރު ކަމަށް ކޭޕީ ޝަރުމާ އޯލީ އައްޔަންކޮށްފި

ނޭޕާލުގެ ބޮޑު ވަޒީރުކަމަށް އެގައުމުގެ ކޮމިއުނިސްޓް ޕާޓީ (ޔުނިފައިޑް މާކްސިސްޓް-ލެނިނިސްޓް) ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ  ކޭޕީ ޝަރުމާ އޯލީ އައްޔަނުކޮށްފިއެވެ.

ނޭޕާލުގެ ރައީސް ރާމްޗަންދްރާ ޕައުޑެލް އޯލީ ބޮޑޫ ވަޒީރުކަމުގެ ހަތަރުވަނަ ދައުރަކަށް އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި ޕުޝްޕަ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމަށް އެގައުމުގެ ޕާލިމެންޓުން ފާސްކުރުމާއި ގުޅިގެންނެވެ.

އުމުރުފުޅުން 72 އަހަރުގެ އޯލީ މީގެ ކުރިން 2015-2016 އަށް ބޮޑުވަޒީރުކަން ކުރެއްވިއިރު، ފެބްރުއަރީ 2018 އިން ފެށިގެން ޖުލައި 2021 އަށް ވެސް ވަނީ ވަކި ދެ ދައުރެއްގައި ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައެވެ.

ނޭޕާލުގެ 275 މެންބަރުންގެ މަޖިލީހުގައި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ އެންމެ މަދު ގޮނޑީގެ އަދަދަކީ 138 ކަމަށްވާއިރު، އޯލީއަށް މި މަޤާމު ލިބިވަޑައިގަތީ 166 މެންބަރުންގެ ތާއީދާއެކުއެވެ. އޭގެ ތެރޭގައި ނޭޕާލީ ކޮންގްރެސްގެ 88 މެންބަރުންނާއި ޔޫއެމްއެލްގެ 78 މެންބަރުން ހިމެނެއެވެ.

އޯލީއާއި އޭނާގެ ކެބިނެޓް ވަޒީރުން ހުވާކުރައްވާނީ ހޯމަ ދުވަހުއެވެ. އެޤައުމުގެ ޤާނޫނުއަސާސީ ބުނާގޮތުން، ބޮޑުވަޒީރުކަމަށް އޯލީ އައްޔަންކުރެވޭތާ 30 ދުވަހުގެ ތެރޭގައި ޕާލިމެންޓުން އެބޭފުޅާގެ އިތުބާރުގެ ވޯޓެއް ހޯއްދަވަންޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.