ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Jul 2024 | 15:43
ނޭޕާލުގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު މަރުހަބާ ދަންނަވައިފި

ނޭޕާލުގެ އައު ބޮޑުވަޒީރުކަމަށް އައްޔަނުކުރެވުނު ކޭޕީ ޝަރުމާ އޯލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޕާލުގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރެވިފައިވާތީ، އޯލީއަށް މަރުޙަބާ އަދި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ދިވެހިރާއްޖެއާއި ނޭޕާލްގެ ރައްޔިތުންގެ މެދުގައި ވަރަށް  ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެކުގައި މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެގައުމުގެ ރައީސް ރާމްޗަންދްރާ ޕައުޑެލް، ނޭޕާލްގެ ވާތްފަރާތުގެ ކޮމިއުނިސްޓް ޕާޓީ (ޔުނިފައިޑް މާކްސިސްޓް-ލެނިނިސްޓް) އަށް ނިސްބަތްވެވަޑައިގަންނަވާ އޯލީ، އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި ޕުޝްޕަ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމަށް އެގައުމުގެ ޕާލިމެންޓުން ފާސްކުރުމާއި ގުޅިގެންނެވެ.

ބޮޑު ވަޒީރު ކަމުގެ ހަތަރުވަނަ ދައުރަކަށް އައްޔަނުކުރެވުނު އޯލީ ވަނީ 2015-2016 އަށާއި 2018 އިން ޖުލައި 2021 އަށް ވަކި ދެ ދައުރެއްގައި އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމް ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.