ކަސްޓަމްސްގެ ބޭފުޅުން-- ފޮޓޯ: މިހާރު
ހަބަރު
16 Jul 2024 | 13:14
ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި: ކަސްޓަމްސް

ރާއްޖެއަށް ހަތިޔާރު އެތެރެކުރަން ބޭނުންވާ މީހަކަށް އެކަން ކުރުމުގެ މަގު ހުޅުވިފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހްމަދު ސިމާހް، ރާއްޖޭގެ އިގްތިޞާދީ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ބޭރުގެ އުޅަނދެއް ބަނދަރާއި ހަމައަށް އައުމުގެ ކުރިންވެސް އެތައްކަމެއް ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ސިމާހް ވިދާޅުވީ، އެ އުޅަނދަކުން ގެންނަނީ ކޯއްޗެއްތޯ ކަސްޓަމްސް އަށް ބެލެނީ އޭތި ބަނދަރު ކުރުމުންކަމަށާއި، އޭގެ ކުރިން އެ ބޯޓު ދަތުރުކުރަމުން އަންނަނީ ހުޅުވިފައި އޮތް ކަނޑަކުންކަމަށްވާތީ، ލޯކަލް އުޅަނދުތަކުގައި ގެންދާގޮތަށް ބޭނުން އެއްޗެއް ގެނެވޭނެ ކަމަށެވެ.

"އެމީހަކު ނިޔަތް ގަންނަ ކަމެއް، މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ، ނިޔަތް ގަނެފިއްޔާ ރާއްޖެއަށް ހަތިޔާރު ގެނައުމުގެ މަގު އޮތީ ހުޅުވިފައި،" 

ސިމާހް ވިދާޅުވިއެވެ.

ބަނދަރާ ހަމައަށް އަންނަ ކޮންމެ އެއްޗަކީ އެ ބަނދަރާ ހަމައަށް ނައިސް ވެސް ދިއުމުގެ ފުރުސަތު އޮތް އެއްޗަކަށްވާތީ ސިމާހް ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

ސިމާހް ވަނީ މިކަންކަން ބެލޭނެ ނިޒާމްތައް ގާއިމްކުރަން ޖެހޭކަމަށް ވިދާޅުވެ، އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް މިކަން ވައިގެ މަގުން ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
Ibrahim hassan
ކޮބާ ޑުރޯން
16 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.