ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު-- ފޮޓޯ: މިހާރު
ހަބަރު
16 Jul 2024 | 16:12
ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި މުއައްޒަފަކު ސަސްޕެންޑްކުރި: ކަސްޓަމްސް

ރާއްޖެއަށް ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި މުއައްޒަފަކު ސަސްޕެންޑްކުރިކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، މި ފަހުން ސިގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން ވެސް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެން ކަމަށެވެ.

މާނިއު ވިދާޅުވީ، އެތަކެތި އެތެރެކުރި މީހުން ދެނެގަތުމަށްޓަކައި، އޭގެން ބައެއް ތަކެތި މާލެތެރެއަށް ދޫކޮށްލިކަމަށާއި، އެ ތަކެތި ދޫކޮށްލީ ޕޮއިންޓުން އަތުލައިގެންފިއްޔާ ހިއްސާ ފަރާތްތައް ނޭނގޭނެތީކަމަށެވެ. މާލެ ތެރެއަށް ދޫކޮށްލި ތަކެތި ފޮލޯ ކޮށްގެން އިންޓަލިޖެންސާއެކުގައި މަސައްކަތްކޮށްގެން އެކަން ކުރާ ބަޔަކު އިނގިގެން ދިޔަކަމަށް ވެސް މާނިއު ވިދާޅުވިއެވެ.

"އެ ތަކެތި އަތުލައިގެންފައި އޭގެން ބައެއް ތަކެތި ދޫ ވެސް ކޮށްލިން. އެ ތަކެތި ދޫކޮށްލީ ޕޮއިންޓުން އަތުލައިގެންފިއްޔާ ހިއްސާ ފަރާތްތައް ނޭންގޭނެތީ. އޭރުން އެތަނުގައި އެ ވަގުތު ހިއްސާވާ މީހުން އެކަނި އިނގޭނީ. އެހެންވީމާ މާލެ ތެރެއަށް ބައެއް އެއްޗިހި ދޫކޮށްލައިގެން އެ އެއްޗިހި ފޮލޯ ކޮށްގެން އިންޓަލިޖެންސާއެކުގައި މަސައްކަތްކޮށްގެން އެކަން ކުރާ ބަޔަކު އިނގިގެން ދިޔަ."

މާނިއު ވިދާޅުވިއެވެ.

ސްކޭން މެޝިން ފަންކްޝަން ކުރަން އަދި ސްކޭން ރިޕޯޓް ކިޔަން އެނގޭނީ މަދު މުއައްޒަފުންކަން ފާހަގަކުރައްވަމުން މާނިއު ވަނީ އެ މައްސަލައިގައި ސަސްޕެންޑް ކުރީ ސްކޭން ކުރަން ހުރި ކަސްޓަމްސްގެ އޮފިސަރަކު ކަމަށާއި، އެކަމުގެ ސަބަބުން  މުވައްޒަފުން މަދުވުމުގެ މައްސަލަ ދިމާވެގެން ދިޔަ ކަމަށެވެ.

ދާދިފަހުން، ކަސްޓަމްސްއިން ވަނީ  ވަގަށް އެތެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއްވެސް އަތުލައިގެންފައެވެ. ހަތަރު ތަނަކުން 173 ކޭސް ސިގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ދިވެހި ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެއިދާރާއިން ބުނެއެވެ.

ކޮމެންޓް
ހަސަންފުޅު
ވަގަށް ސިނގިރޭޓު އެތެރެކުރާ ލޮޓަސް ފިހާރައި ދެރަކަމަކީ މިބާވަތުގެ ވަގުވިޔަ ފާރިކުރާ މިހުންނަ ފިޔަވައި ނާޅާތީ
16 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.