ރެފްރީ އަށް ހަމަލާދެނީ--
ހަބަރު
17 Jul 2024 | 15:51
ފުވައްމުލަކުގައި އޮތް ފުޓުބޯޅަ މުބާރާތެއްގެ ތެރެއިން ރެފްރީއަށް ހަމަލާދިން ސަޕޯޓަރަކު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް މެޗުގެ ރެފްރީކަން ކުރަން ހުރި މީހާއަށް ހަމަލާދިން ސަޕޯޓަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

 މާލެގަން ސްޕޯޓްސް ކްލަބާއި ސައުތު ސައިޑް ސްޕޯޓްސް ކްލަބް (މާދަޑު) ޓީމު ކުޅުނު ސެމީ ފައިނަލް މެޗު ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ދަނޑު ބޭރުން މީހަކު ދުވެފައި އައިސް ފުންމައިގެން އަރައި ރެފްރީގެ ބުރަކަށީގައި ކޮޅުފައިން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުޅުންތެރިޔަކަށް އަނިޔާވެގެން ފަރުވާދޭ ތަނުގައި ރެފްރީ ހުއްޓާ އެމީހާ ދަނޑަށް އަރައި ދިން ހަމަލާއާއިއެކު ރެފްރީ ގޮސް ޖެހުނީ އެތަނުގައި ހުރީ އެހެން ކުޅުންތެރިއެއްގެ ގައިގަ އެވެ. އެއާއިއެކު، އެ ކުޅުންތެރިޔާގެ ބޮލަށް ތަދުވެ އަތްއަޅައިގެން އޮންނަ ތަން ފެނެ އެވެ.

އެ ހަމަލައާ ގުޅިގެން މެޗު މެދުކަނޑާލުމަށް ފަހު އެހެން ރެފްރީއެއް އަރުވައިގެން މެޗު ފަށާފައިވާއިރު، ކުޅުންތެރިޔާއަށާއި، ރެފްރީއަށް ލިބުނު އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ބަދޫރާ
ފުޓުބޯޅަ ކުޅެންވާނީ ވަރަށް ތަހުޒީބު މުޖުތަމައުގަ.ނޫނީ މިއީ ބޮޑެތި މާރާމާރީތަކެށް. މިގައުމުގަ އެއްވެސް މީހަކަށް ނުވަތަ ޓީމަކަށް ދުވަހަކުވެސް ނުލިބޭ ކާމިޔާބެއް. ފަހަކަށް އައިސް މިކުޅޭ ފުޓުސަލްއަކީ ގޭންގުތައް ތަމްސީލް ކުރުން.
17 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.