އީސީގެ ރައީސް ފުއާދު ތައުފީގު-- ފޮޓޯ: މަޖިލިސް
ހަބަރު
17 Jul 2024 | 15:35
ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ 130 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ: ފުއާދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ 130 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުއާދު ވަނީ އިންތިހާބުތައް އެއްފަހަރާ ބާއްވައިފިނަމަ ވާނެ ފައިދާތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ.

މިގޮތުން، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ ދެ އިންތިހާބު އެއް ކުރުމުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަަމަށް ލަފާކުރެވޭކަމަށާއި، އުނދަގުލަކަށްވާ ނަމަ، ވާނީ ވޯޓު ލާ ދުވަހު ދެ ކަރުދާސްކޮޅު ދިނުން ކަމަށެވެ.

އެއީވެސް އުނދަގޫ ކަމަކަަށް ނުވޭ ކަމަށާއި، ކައުންސިލް އިންތިހާބު ގިނަ ނަންތަކެއް އަންނައިރު، މިކަން ލޯކަލް ކައުންސިލް އިންތިހާބުގައި ތަޖުރިބާކޮށްފައިވާކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

"ދެ އިންތިހާބު އެއްކޮށްލުމުން އުނދަގުލަށްވުރެ ފަސޭހަ ވާނެ. ރައްޔިތުންނަށް ވެސް ފަސޭހަ ވާނެ. އުނދަގުލަކަށްވާ ނަމަ، ވާނީ ވޯޓު ލާ ދުވަހު ދެ ކަރުދާސްކޮޅު ދިނުން. މިކަން ލޯކަލް ކައުންސިލް އިންތިހާބުގައި ތަޖުރިބާކޮށްފައިވަނީ. އެއީ އުނގަދޫ ކަމަކަށް ނުވޭ. ކައުންސިލް އިންތިހާބު އަންނަނީ ގިނަ ނަންތަކެއް. ނަމަވެސް މަޖިލިސް އަދި ރިޔާސީ އިންތިހާބުގައި ދެ ނަމެއްގައި އެކަނި ފާހަގަ ޖަހަންޖެހޭނީ. އެެހެންވީމަ ތަކުލީފަކަށް ނުވާނެ ވޯޓުލާ މީހުންނަށް ވެސް. އަދި އީސީއަށް ވެސް."

ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓް ނުލާ މީހުން މަޖިލިސް އިންތިހާބުގައި ވޯޓްލާނެ ކަމަށާއި، ހަމައެފަދައިން މަޖިލިސް އިންތިހާބުގައި ވޯޓްނުލާ މީހުން ރިޔާސީ އިންތިހާބުގައި ވޯޓްލާނެ ކަން ފާހަގަކުރައްވަމުން ފުއާދު ވިދާޅުވީ، އެ ދެ އިންތިހާބު އެއްކޮށްލައިފިނަމަ  ޓާން އައުޓް 90 ޕަސެންޓަށް ވުރެން މަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ، އެއް ދަތުރެއްކޮށްފައި ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންވާ ކެންޑިޑޭޓާއި މަޖިލިސް މެންބަރަކަށް ބޭނުންވާ ކެންޑިޑޭޓަށް ވޯޓުލެވުމަކީ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ކޮމެންޓް
ދުސްތޫރީ
ބައި އިލެކްޝަން ނުބާއްވާ ވޯޓުލިބުނު ތަރުތީބުން ދެވަނަފަރާތް ހޮވުމުންވެސް. ސިއްހީސަބަބެއްފަދަކަމެއްނެތި ތިމާއަމިއްލައަށް ދައުރު ފުރިހަމަ ނުކުރާ ފަރާތްތަކަށް އިންތިހާބުގެ ޙަރަދުދޭންޖެހޭގޮތަށް ހަދަންޖެހޭއެބަ.
21 Jul 2024
އިންތިހާބު
ތިކަމުން ރާއްޖެތެރޭގެ ތަރައްގީ އާއި ވައުދުތައް ގެއްލޭނީ. ތިވާ ގެއްލަށަވުރެ ރައްޔިތުންނަށްވާ ފައިދާ މާ ބޮޑު
21 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.