ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހީމް: ފޮަޓޯ/ ދާރިސް ޓީވީ
ހަބަރު
18 Jul 2024 | 16:56
ބޮޑުބެރު ޖެހުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް: ޝައިޚް ޢަބްދުالله

ބޮޑުބެރު ޖެހުމަކީ ނުވަތަ ކުޅުމަކީ އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދާރިސްޓީވީ އިން ރޭ ގެނެސްދިން 'ސުވާލަކީ ކޮބާ' ޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުالله ވިދާޅުވީ ބޮޑުބެރަކީ މިއުޒިކުގެ އާލާތެއް ކަމަށެވެ. އަދި މިއުޒިކަކީ މާތް الله ޙަރާމް ކުރައްވާފައިވާ އެއްޗެއްކަމަށެވެ.

"ބޮޑުބެރަކީ މިއުޒިކުގެ އާލަތްތަކުގެތެރެއިން އާލަތެއް. އެހެންވީމާ އެ އާލަތްތައް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމްގެ ދޫފުޅުމަތިން އެވަނީ ޙަރާމް އެއްޗެއްގެގޮތުގަ ކަނޑައެޅިފަ."

އައްޝައިޚް ޢަބްދުالله ބިން މުޙައްމަދު އިބްރާހީމް 

މިއާއެކު ޝެއިޚް ޢަބްދުالله ވަނީ މިއުޒިކުގެ ޙަރާމްކަމާ ބެހޭގޮތުން ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމް ވިދާޅުވެފައިވާ ޙަދީޘްބަސްފުޅަށް އަލިއަޅުވާލައްވާފައެވެ. އަދި މިއުޒިކުގެ ޙަރާމްކަމާގުޅޭގޮތުން ގިނަ ދަލީލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. 

ޝެއިޚް މިފަދައިން ވިދާޅުވެފައި ވާއިރު، ސަޤާފަތް ދިރުވުމުގެ ނަމުގަ ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ބޮޑުބެރު ޖެހުން ކުރިއަރުވަން މަސައްކަތް ކުރާކަމަށް ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ވާހަކަދައްކަމުންދާއިރު ހުޅުމާލޭ ރެހެންދި ސްކޫލުގެ ގްރޭޑް 7 ،8، 9 އަދި 10 އެއްގެ ދަރިވަރުންގެ ހިތްތަކުގައި ސަޤާފީ ރޫޙު ދިރުވާ އާލާކުރުމާއި ބޮޑުބެރުގެ ހުނަރު ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަޤްސަދުގައި "ރެހެންދި ބޮޑުބެރު" ގެ ނަމުގައި ބޮޑުބެރު ގްރޫޕެއް ތައްޔާރުކުރަން ގަސްތުކުރާ ކަމަށްބުނެ އެ ސްކޫލުގެ އިދާރާއިން މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ތައްގަނޑު ޖަހައިގެން ނޯޓެއް ނެރެފައިވެއެވެ.

އަދި އެ ނޯޓު އެ ސްކޫލުގެ ބެލެނިވެރިން ތިއްބަވާ ވައިބާ ގްރޫޕުތަކުގައި ޕޯސްޓު ކޮށްފައިވެއެވެ.

ކޮމެންޓް
ސައީދު
ބައެއް ބޭފުޅުން މަދަހަ ކިއުއްވާއިރު ހަރުމުނިއަމުން މިއުޒިކު ކުޅެމުންދޭ އެެޢީ ކޮންކަހަލަކަމެއްތޯ
18 Jul 2024
އަހުމަދު
އިސްލާމް ދީނުގައި ހަރާމް ހަލާލު ވަރަށް ސާފުކޮށް އަންގަވައިދެއްވާފައިވާއިރު ތުނބުޅިއެއް ބަހައްޓާ ހަމަ ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލުގައި ކަންކަމުގައި ގޮތް ނިންމުމަކީ ބޮޑު މައްސަލައެއް.
18 Jul 2024
އިއްބެ
ރާއްޖޭގައި ދޮގުހެދުމާއޮޅުވައިލުމާޒިނޭކުރުމާ ރާބުއިމާ މީހުންމެރުމާ ވައްކަންކުރުމާ އިސްލާމީޝަރީޢަތް ނެތުމާ މިފަދަނުބައިބޮޑެތިނުބައިކަންކަންޢާއްމުކޮށްހިނގާއިރު މިކަންކަމަށް ބާރުނާޅައި މަާދުރުގައިވަކިއަޅާތީހިތާމަކުރަން
18 Jul 2024
ޢަހަންމަ
އިސްލާމް ދީނުގައި ހަރާމް ހަލާލު ވަރަށް ސާފުކޮށް އަންގަވައިދެއްވާފައިވާއިރު ތުނބުޅިއެއް ބަހައްޓާ ހަމަ ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލުގައި ކަންކަމުގައި ގޮތް ނިންމުމަކީ ފިތުނަ ފެތުރުން!
18 Jul 2024
ތިމަންނަ
އެންމެ ފުރަތަމަ ، އެންމެ ބޮޑެތި ކަންތައްތައް އެއަށްފަހު ، ދެންހުރި ކަންތައްތައް ތަރުތީބު ކޮށްލުން ކިހިނެތް ވާނެބާ؟
19 Jul 2024
ޢަބްދޫ
ހަރާމް ކަމަށގުރްއާނުގަސަރީހް ކޮށް އައިސްފަ އޮތް އާޔަތާއި ރަސޫލާ ގެ ހަދީސް ފުޅު ލިއުއްވާފަ ނެތީ ކީއްވެ.
19 Jul 2024
ކަރީމު ޗާޗާ
މި ރާއްޖޭގައި އެންމެ އާންމު ޒިނޭއާއި ދެކޮޅަށް މި ޝެއިޚުން ބަހެއް ނުބުނަނީ ކީއްވެބާ!
23 Jul 2024
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.