ކުދިން ކަރަންޓުގައި ޖެހުނު ފެންގަނޑު-- ފޮޓޯ: އުނގޫފާރު ޑޮޓްކޮމް
ހަބަރު
24 Jul 2024 | 13:43
އުނގޫފާރުގައި ހިނގި ކަރަންޓުގެ ހާދިސާއާއި ގުޅިގެން ފެނަކަ ޖޫރިމަނާކޮށްފި

މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ރ. އުނގޫފާރުގައި، މަގުބައްތިއެއް ކައިރީ އޮތް ފެން ކޯރެއްގެ ތެރޭގައި ކުޅެން ތިބި ކުދިން ތަކެއް ކަރަންޓްގައި ޖެހި އެއްކުއްޖަކު ނިޔާވި ހަދިސާގައި ފެނަކައިގެ އިހުމާލުކޮށް ކަމަށް ނިންމައި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ ކުންފުނި ޖޫރިމަނާކޮށްފިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ، އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސް މީޑިއާގެ ޒަރިއްއާއިން 24 މެއި 2024 ވަނަ ދުވަހުކަމަށާއި، މައުލޫމާތު ލިބުމާއެކު މި މައްސަލައިގެ ތަހްޤީޤު ފެށިކަމަށެވެ.

ކަން ހިނގައިދިޔަ ގޮތާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އުނގޫފާރު ކައުންސިލުންނާއި ފެނަކަ މެދުވެރިކޮށް ސާފު ކުރިކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. 

އޮތޯރިޓީން ބުނީ، މިމައްސަލައިގެ ތަޙްޤީގުން ފާހަގަވިގޮތުގައި މި މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުކުރެވިފައިވާނުވާ މަގު ބައްތިތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދިނުން ކަމަށެވެ. އަދި ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އީ.އެލް.ސީ.ބީ ހަރުކުރެވިފައިނުވާކަން ވެސް ތަހުގީގަށް ފާހަގަވިކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފާހަގަކުރިއެވެ.

މިހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމަށް އެ އޮތޯރިޓީގެ ތަހުގީގަށް ސާބިތުވެފައިވާތީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން ފެނަކަ ވަނީ 50,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މި ފައިސާ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ދެއްކުމަށް ފެނަކައަށް އަންގާފައިވާ ކަމަށާއި، މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ  އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ވެސް ފެނަކައަށް އެންގިފައިވާ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މައުލޫމާތު ދެއެވެ.

އުނގޫފާރުގައި ހިނގި މި ހާދިސާ އާއި ގުޅިގެން އުމުރުން 18 އަހަރާއި، 12 އަހަރާއި 8 އަހަރުގެ ކުއްޖަކަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާދިނެވެ.  އޭގެ ތެރެއިން 12 އަހަރާއި 8 އަހަރުގެ ދެކުދިން ފަރުވާއަށް ފަހު ދޫކޮށްލިއިރު، 18 އަހަރުގެ ކުއްޖާ ވަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު ނިޔާވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ވަނީ 324 ކިލޯގެ ޑްރަގް އަތުލައިގެންފައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު ކުރީ ދައުރުގެ ދެ އަހަރާއި ބަޔަށް ވުރެ 31 އިންސައްތަ އިތުރެވެ.
29 Jun 2026
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ: ތިން މީހަކު ދިގު މުއްދަތަށް ޖަލަށް
މި މީހުންގެ ތެރެއިން ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
29 Jun 2026
ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.