ފެނަކައިގެ އެމްޑީ މުއާޒް--
ހަބަރު
24 Jul 2024 | 16:15
އައްޑޫން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ ތެރެއިން ކޭބަލަކަށް ގެއްލުންވުމުން: ފެނަކަ

އައްޑޫ ސިޓީން ކަރަންޓު ކެނޑުނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އެޗްވީ ކޭބަލަކަށް ގެއްލުންވުމުން ކަމަށް ފެނަކައިން ބުނެފިއެވެ.

އައްޑޫ ސިޓީއިން ކަރަންޓު ކެނޑުމާއި ގުޅިގެން ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިމަހުގެ އެކެއްގައި ކަރަންޓު ކެނޑުނީ އައްޑޫ މަގު ހަދާ އެފްކޮން ކުންފުނީގެ މަސައްކަތުގެ ތެރެއިން އެޗްވީ ކޭބަލެއް ހަލާކުވުމުން ކަމަށެވެ.

މިގޮތުން އިއްޔެ ވެސް ދިމާވީ މިފަދަ މައްސަލައެއްކަން ފާހަގަކުރަމުން ފެނަކައިން ބުނީ، އެ ކޯޕަރޭޝަންގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ސަބަބުން ނެޓްވޯކަށް ދިމާވާ މައްސަލަ އިތުރަށް ދިމާވެދާނެ ކަން ގަބޫލުކުރާ ކަމަށާއި، އެކަން ހައްލު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

އްޑޫގައި މިހާރު ހަރުކޮށްފައި ހުރި ޖެންސެޓްތަކުގެ ތެރެއިން 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް ފެނަކައިން ބުނީ، އެ އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އަކީ ރާއްޖެއިން ލިބެން ހުންނަ އެއްޗަކަށް ނުވާތީއާއި ސްޕެއާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އެހެންނަމަވެސް، އެ ސްޕެއާ ހޯދައި އިންޖީނު މަރާމާތު ކުރުމުގެ އިތުރުން 1.6 މެގަވޮޓްގެ އައު ޖެންސެޓެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއިއެކު، އައްޑޫގެ ކަރަންޓުގެ ހާލަތު ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރުމަށް ޑީސެލް ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޯ އައްޑޫ ސިޓީގެ ނަމުގައި، ޗައިނާގެ ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްގެން ޒަމާނީ ޕަވާހައުސްއެސް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ފެށިފައިވާކަމަށް ވެސް ފެނަކައިން ބުނެއެވެ.

ކޮމެންޓް
ކަލީމާ
މުއިއްޒުއަށް ވޯޓް ދިނީ ޝަކުވާ މަދުވާނެ ކަމަށް ބަލައި ހޭލާ ތިބެ މަސައްކަތް ނިންމަން. 14:30 އަށް އޮފީސްތައް ބަންދުކުރަން ފަށައިފި. އެމް.ޑީ.ޕީ ވެސް އެދުވަހު ޖެހީ ސަކަރާތްކަން އެމް.ޑީ.ޕީގެ އިސް މެމްބަރުން
24 Jul 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް