ޚާރިޖީ ވަޒީރު މޫސާ ޒަމީރު-- ފޮޓޯ: އަސްލު ޓީވީ
ހަބަރު
28 Jul 2024 | 12:56
ޗައިނާގެ ބޭންކެއްގެ ބްރާންޗެއް ރާއްޖޭގައި ހުޅުވަން ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ބޭންކެއްގެ ބްރާންޗެއް ރާއްޖޭގައި ހުޅުވުމަށް އެ ބޭންކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު 'އަސްލު ޓިވީ'ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ބޮލަކަށްޖެހޭ ޢާމްދަނީ މިވަގުތު ހުރީ 13،000 ޑޮލަރުގައިކަން ފާހަގަކުރައްވާ ވަޒީރު ޒަމީރު ވިދާޅުވީ، އެއަދަދު 17،000 ޑޮލަރަށް އިތުރުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

މިކަން ހާސިލު ކުރުމަށްޓަކައި، އެސްއެމްއީތައް ތަރައްގީކޮށް ލާޖް އެންޓަޕްރައިޒަސް އިންވެސްޓްކޮށްގެން ވިޔަފާރިވެރިންނަށް ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ހާއްސަ ބޭންކެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޗައިނާގެ ބޭންކެއްގެ ބްރާންޗެއް ރާއްޖެއަށް ގެނައުމުގެ އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"13 ހާސް ޑޮލަރުން 17 ހާސް ޑޮލަރަށް ސްޕޭސް އިތުރުކުރައްވާފައި އެ އިތުރުކުރެއްވުމަށްޓަކައި ދެން ކުރައްވާ ކަންކަން، އޭގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކެއްގެ ވާހަކަ އެ ވިދާޅުވީ، އޭގެ އިތުރުން ޗައިނާގެ އިތުރު ބޭންކެއް ރާއްޖެއަށް ގެނައުމަށްޓަކައި އެމްއޯޔޫއެއްގައި އެބަ ސޮއި ކުރޭ"

ވަޒީރު ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ޒަމީރު ވިދާޅުވީ، އެބޭފުޅާ އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ބޭންކަކުން ރާއްޖޭގައި ބްރާންޗެއް ހުޅުވުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ހާމަކޮށްފައިވާ ކަމަށާއި، އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ރާއްޖެއިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެއީ ކޮން ބޭންކެއް ކަމެއް އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.